މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

އިޢުލާން

 

އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމާއި ގުޅޭ

މިއިދާރާގެ ނަންބަރު (IUL)299/299/2017/17 ޢިއުލާނާއި ގުޅޭގޮތުން ދަންނަވަމެވެ. އެއިޢުލާނުގައިވާ މަޢުލޫމާތު ގިނަ ފަރާތްތަކަށް އެނގިފައިނުވާތީ، ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ނަންނޯޓުކުރުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ރ.ވާދޫގައި ޒަމާނާއި އެއްގޮތަށް ހައިޑްރޯޕޯނިކްސް ސިސްޓަމް ޤާއިމުކޮށް ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވެލައްވާ ވާދޫގެ ރައްޔިތުން 2017 މެއި 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 6580074 ފޯނާއި ގުޅުއްވައިގެން ނަންނޯޓްކުރެއްވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6580074 ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ. 

25‏ ޝަޢްބާން‏ 1438

‏21‏ މެއި‏ 2017

21 މޭ 2017
ހޯދާ