ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް

ވަޒީފާގެ ފުރުޞަތު

         

މިހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

އެޓެންޑެންޓް

މަޤާމް:

J-253903

މަޤާމުގެ ނަންބަރު:

01

ބޭނުންވާ ޢަދަދު:

ސަޕޯރޓް ސްޓާފް

މަޤާމުގެ ގިންތި:

އެސް އެސް 2

މަޤާމުގެ ރޭންކް:

ސަޕޯރޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

ނާރސިންގ ސާރވިސް ޔުނިޓް   

ސެކްޝަން:

ޅ. އަތޮޅު ހޮސްޕިޓަލް

މަޤާމް އޮތް އޮފީސް:

ޅ. އަތޮޅު ހޮސްޕިޓަލް  

ވަޒީފާ އަދާކުރަންޖެހޭ ތަން:

3470.00

މުސާރަ:

1000.00

ސާރވިސް އެލަވަންސް:

1-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ

2-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން.

3-      ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

4-      ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުގެ ޑިޔުޓީ އެލަވަންސް އަދި ރިސްކް އެލަވަންސް.

އިތުރު ޢިނާޔަތް:

-          ހޮސްޕިޓަލްގެ ވޯޑްތަކާއި، ފާޚާނާތަކާއި، ބޭސްއަޅާކޮޓަރިފަދަ އަދިވެސް އެހެނިހެން ކްލިނިކަލް އޭރިޔާތަކާއި އެނދު، ފަރުނީޗަރ އަދި މެޝިނަރީޒްފަދަ ތަކެތި ކޮންމެ ދުވަހަކު ސާފްކޮށް ބެލެހެއްޓުން.

-          ބަލިމީހުން ބޭނުންކޮށް ހަޑިވާ ތަކެތި ( ބެޑްޝީޓް، ރަބަރޝީޓް، ހޮސްޕިޓަލް ލިނަން ) ފަދަ ތަކެތީގައި ހުންނަ ނަޖިސް ލޭ ފަދަ ތަކެތި ދުވަހުން ދުވަހަށް ދޮވެ ސާފްކޮށް ބެލެހެއްޓުން.

-          ހޮސްޕިޓަލްގައި ބޭނުންކުރެވޭ ބެޑްޕޭން، ޓްރޭ އަދި ހޮޑުލާތަށިފަދަ ތަކެތި ސާފްކުރުން.

-          ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައިވާ އަދި ޑޮކްޓަރުންނަށް ދައްކަން އަންނަ މީހުންގެ ފަރާތުން ހޮސްޕިޓަލް ހަޑިވާފަދަ ކަމެއް ( ހޮޑުލުން ފަދަ ކަންތައްތައް ) ދިމާވެއްޖެނަމަ ހޮސްޕިޓަލްތެރެ ސާފްކޮށް ބެލެހެއްޓުން.

-          ލެބޯޓްރީގައި ބޭނުންކުރާ އެއްޗެތި ދޮވެ ސާފްކުރުމާއި ތަނުގެ މަސައްކަތުގައި އެހީތެރިވުން.

-          އެންދުތަންމަތި އެޅުންފަދަ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރި މަސައްކަތް ކުރުން.

-          ބަލިމީހުން ހޮސްޕިޓަލްގެ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެހީތެރިވެ ބައިވެރިވުން. 

-          ލޯންޑްރީގެ މަސައްކަތާއި ހޮސްޕިޓަލް ސާފްތާހިރުކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

-          ޕޯޓަރުންގެ ގޮތުގައި ބަލިމީހުން އުފުލުން.

-          ވޯރޑް ތެރޭގައި ނަރުހުންނާއި އެހީތެރިކަންދީ ނަރުހުންގެ އަންގާ ގޮތެއްގެމަތިން ވޯރޑްތެރޭގައި މަސައްކަތް ކުރުން.

-          ލޭބަރރޫމް، އޯޓީ، ޑްރެސިންގ ރޫމްގައި ބޭނުންކުރާ ތަކެތި އޮޓޯކްލޭވް ކުރުމުގައި އެހީތެރިވުން.

-          ބޭނުންކުރެވޭ އިންސްޓްރޫމަންޓް ދޮވެ ރަގަޅަށް ސާފްކުރުން.

-          ހޮސްޕިޓަލްގެ ކުނިކަހާ ފޮޅާ ސާފްކުރުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

-          ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޔުޓީ އަދާކުރުން

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

-          މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ނުވަތަ

-          މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ޝަރުތު:

-          ލިބިފައިވާ ތަޢުލީމާ ތަމްރީން:           %26

-          ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ:        %26

-          ލިބިފައިވާ ހުނަރު ( އިންޓަރވިއު ):      %48

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

1-      މަޢްލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ޅ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mvޑައުންލޯޑް ކުރެވޭނެއެވެ. )

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޟެއްނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. ( ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢްލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރެވިފައިވާ ލިޔުމުގެ ކޮޕީ )

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމްދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ

(ނ) ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-      ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައި ދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދޭ ފޯމް ޅ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv މިފޯމް ޑައުންލޯޑްވެސްް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 މެއި 2017 ވާ ބުދަ ދުވަހުގެެ 14:00 ގެ ކުރިން ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ މެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަމްބަރަކީ 6620247 އެވެ. އެޕްލިކޭޝަން ފޯމާއެކުު  ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 03 ޖޫން 2017 އިން 06 ޖޫން 2017 އާއި ދެމެދު ޅ. އަތޮޅު ހޮސްޕިޓަލް ގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓްލިސްޓް ކުރުން:

މި މަޤާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދި ފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާރކްސް ގެ ޖުމްލަ އިންސައްތަ %25 ( ފަންސަވީސް އިންސައްތަ ) އަށް ވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި އިޢުލާނާ ގުޅިގެން މަޢްލޫމާތު ސާފްކުރުމަށް ގުޅާނީ 6620048 ނަމްބަރ ފޯނާއެވެ. ފެކްސް ނަމްބަރަކީ 6620247 އެވެ. އީ މެއިލް ކުރައްވާނީ  [email protected]  އަށެވެ.

 

 

 

އިތުރު މަޢްލޫމާތު ހޯދުން:

             

                25  ޝަޢުބާން   1438

                21     މެއި    2017

 

 

 

 

 

 

21 މޭ 2017
ހޯދާ