ދިވެހިރާއްޖެ
ނަންބަރު: IUL)22-G/22/2017/27)
އިޢުލާން
ސްކޫލްތަކަށް ޑެސްކް ހޯދަން ބޭނުންވެއްޖެ.
މިމިނިސްޓްރީގެ ފަރާތުން ޢިމާރާތް ކުރަމުންދާ ބައެއް ސްކޫލްތަކަށް ބޭނުންވާ 6180 ޑެސްކް ހޯދުމުގެ މަސައްކަތް ކޮށްދޭނެ 2 ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިމިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 9 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މިމިނިސްޓްރީގެ ފަރާތުން ޢިމާރާތް ކުރަމުންދާ ބައެއް ސްކޫލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދަން ބޭނުންވެގެން ކުރި ނަމްބަރު: (IUL)22-G/22/2017/23 އިޢުލާނާއި ގުޅިގެން މައުލޫމާތު ދިންއިރު މަސައްކަތް ހަވާލުކުރާނި 2 ފަރާތަކާ ކަމަށް ލިއުމުން މައުލޫމާތު ދެވިފައި ނުވާތީ އެއިޢުލާނާ ގުޅިގެން ހުށަހެޅުނު ޑެސްކް ޖެހުމުގެ ބިޑްތައް ވަނީ ބާތިލް ކުރެވިފައެވެ.
|
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
|
25 މޭ 2017 ވާ ބުރާސްފަތި ދުވަހު 12:00އަށް |
31 މޭ 2017 ވާ ބުދަ ދުވަހުގެ 11:00އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341126 ނަމްބަރ ފޯނާއެވެ.
25 ޝަޢުބާން 1437
21 މޭ 2017
