މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބ. ތުޅާދޫ އިޖްތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ 33 ބައްތިއާއި ބައްތި ދަނޑި، މަގުތަކުގައި ޖަހާފައިވާ 111 ބައްތިއާއި ބައްތިދަނޑި އަދި ބަނދަރު ސަރަޙައްދުގައި ޖަހާފައިވާ 19 ބައްތިއާއި ބައްތިދަނޑި، އެކު ޖުމުލަ 163 ބައްތިއާއި ބައްތިދަނޑި މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ބ. ތުޅާދޫ އިޖްތިމާއީ ސަރަޙައްދުތަކުގައި ޖަހާފައިވާ 33 ބައްތިއާ ބައްތި ދަނޑި، މަގުތަކުގައި ޖަހާފައިވާ 111 ބައްތިއާ ބައްތިދަނޑި، އަދި ބަދަރު ސަރަޙައްދުގައި ޖަހާފައިވާ 19 ބައްތި އާއި ބައްތި ދަނޑި، އެކު ޖުމްލަ 163 ބައްތި އާއި ބައްތި ދަނޑި، މީލާދީ ކަލަންޑަރުން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
• ޕޮއިންޓް ދެވޭނެ އުޞޫލު
އަގު: %80 - މާރކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.
ތަޖްރިބާ: %20 - މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖްރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ލިޔުންތަކާއެކު) މަސައްކަތުގެ ތެރެއިން އެންމެ ގިނަ މަސައްކަތްކޮށްފައިވާފަރާތަކީ ބެންޗް މާރކެއްކަމުގައި ބަލައިގެން ހުރިހާ ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ބަހާލައިގެންނެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މެއި 25 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މެއި 29 ވާ ހޯމަ ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ
ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ. އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިން ރޫމްގައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
22 ޝައުބާން 1438
18 މޭ 2017
ހޯދާ