މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ.ގުރައިދޫ، ކ.ގާފަރު އަދި ގއ.ކޮލަމާފުށި ޞިއްޙީމަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިނިސްޓްރީ އޮފް ހެލްތު
މާލެ ދިވެހިރާއްޖެ
އިޢުލާން
ކ.ގުރައިދޫ، ކ.ގާފަރު އަދި ގއ.ކޮލަމާފުށި ޞިއްޙީމަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 23 މޭ 2017 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މޭ 2017 ވާ ހޯމަ ދުވަހު 10:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
22 ޝައުބާން 1438
18 މޭ 2017
ހޯދާ