ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހަނިމާދޫ އެއަރޕޯޓްގައި ކާގޯގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

ޢުލާން

 

ކާގޯ ހިދުމަތް ދިނުމާއި ބެހޭ

        ހަނިމާދޫ އެއަރޕޯޓްގައި ކާގޯގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)448/1/2017/15 އާއި ގުޅިގެން މައުލޫމާތު ސާފްކުރަން ހަމަޖެހިފައިވާ ދުވަސް، ސަރުކާރު ބަންދު ދުވަހެއްކަމަށް ހަމަޖައްސަވާފައިވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އިއުލާން ކުރަމެވެ.

        ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 21 މޭ 2017 ވާ އާދިއްތަ ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

           20 ޝައުބާން 1438

           16  މޭ  2017

 

 

17 މޭ 2017
ހޯދާ