ދިވެހިރާއްޖެ
އިޢުލާން
ތަކެތި ގަންނަން ބޭނުންވެއްޖެ
މި ބިއުރޯއަށް ތިރީގައި އެވާ ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު.1(IUL)457-AIT/1/2017/ (4 މެއި 2017 )އިޢުލާންނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަގު ހުށަހަޅާފައިވާ ނުވާތީވެ އެއިޢުލާން ބާތިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
- 2 ލެޕްޓޮޕް
- 1 އެންޓަރޕްރައިސަސް ސަރވަރ އެންވަޔަރަންމެންޓް މޮނިޓަރިންގ ސިސްޓަމް
- 1 ފަޔަރވޯލް
މިދެންނެވި ތަކެއްޗަށް ޕޮއިންޓް ދޭނެ އުސޫލާއި އަދި ބިޑާއިބެހޭ އިތުރު މަޢުލޫމާތު މިބިއުރޯގެ ވެބްސައިޓްގެ ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.statisticsmaldives.gov.mv/iulaan
ވީމާ، މިތަކެތި ވިއްކެވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2017 މެއި 22 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާންގެ އިމާރާތުގެ 9ވަނަ ފަންގިފިލާއަށް ވަޑައިގެން އަގުހުށައެޅުންވުން އެދެމެވެ.
މިކަމާއިގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3008400 ފޯނާއި ގުޅުއްވުން އެދެމެވެ.