ދިވެހިރާއްޖެ
ނަންބަރު: O8C-A/2017/03
އިޢުލާން
މެޖިސްޓްރޭޓް ކޯޓްތަކަށް ބޭނުންވާ ތަކެތި ހޯދުމާބެހޭ
މިއަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކަށް، 6 މަސްދުވަހަށް ބޭނުންވާ ސްޓޭޝަނަރީސް އާއި ސާފުކުރާ ސާމާނު ހޯދުމަށް ކުރެވުނު މިކޯޓުގެ ނަމްބަރ : O8C-A/2017/01 (13/2/2017) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު ތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާޠިލް ކޮށް ތިރީގައި މިދަންނަވާތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
- އޮފީސް ސާމާނު އަދި ސްޓޭޝަނަރީޒް
- ސާފުކުރާ ސާމާނު
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 މޭ 2017 ވާ ބުރާސްފަތި ދުވަހު 13:00 އަށް، މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ޖޫން 2017 ވާ ބުރާސްފަތި ދުވަހު 13:00 އަށް، މިކޯޓަށް ވަޑައިގެން ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 01 ޖޫން 2017
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
20 ޝަޢުބާން 1438
16 މޭ 2017