މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިމާރާތް ހެދުމަށް ސިވިލް އިންޖީނިއަރިން ކޮންސަލްޓެންޓެއް ހޯދަން

    ނަމްބަރު: IUL)30-G/30/2017/64)

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިންގެން ކުރިއަށްގެންދާ " މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ހުޅެލޭގައި މި މިނިސްޓްރީން ހިންގުމަށް ހަމަޖެހިފައިވާ އެކުއަޓިކް އެނިމަލް ކަރަންޓީން ފެސިލިޓީއެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިފެސިލިޓީގެ މިއިމާރާތް ހެދުމަށް ސިވިލް އިންޖީނިއަރިން ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއެވެ.

މިކޮންސަލްޓަންސީއަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް(ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން، މެރިންރިސަރޗް ސެންޓަރ ހުންނަ އިމާރާތް)އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި އިޢުލާންއާއި އެއްއުރަކުރަމެވެ. 

19 ޝަޢުބާން 1438

16 މެއި 2017

 

 

16 މޭ 2017
ހޯދާ