ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލިމްކޮކްވިންގ ޔުނިވަރސިޓީ ސްކޮލަރޝިޕް 2017/2018

މިއީ 14 މެއި 2017 ގައި މި ޑިޕާޓްމަންޓުން ކުރެވުނު އިޢުލާނު ނަންބަރު(IUL) 166-Schol/166/2017/51ގެ ޝަރުތު ނަންބަރު 2 އިސްލާހްކުރުމަށްފަހު،އަލުން ކޮށްފައިވާ އިޢުލާނެކެވެ.

އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ކޯހުގެ ދާއިރާ:

- ބެޗްލަރސް

- މާސްޓަރސް ޑިގްރީ

- 30 ފުރުޞަތު

ކޯހުގެ ލެވެލް އަދި ޢަދަދު:

މެލޭޝިޔާ

ޤައުމު:

 

ބެޗްލަރސް ޑިގްރީގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.
  2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންފުޅުވާ ދާއިރާ އާއި ގުޅޭ މާއްދާތައް ހިމެނެންވާނެ.) ޖީ.ސީ.އީ އޭލަވަލް 3 މާއްދާއިން ފާސްވެފައިވާ ކެންޑިޑޭޓުން ނުލިބޭނަމަ، ޖީ.ސީ.އީ އޭލަވަލް 2 މާއްދާ ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް އޮތް ކެންޑިޑޭޓުންގެ ނަންވެސް ނޮމިނޭޓްކުރެވޭނެއެވެ.
  3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ:

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

  

މާސްޓަރސް ޑިގްރީގެ ޝަރުތު:

    ބެޗެލަރސް ޑިގްރީއެއް  ހާސިލުކުރައްވާފައިވުން.

 

އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި  ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން.

4. އިޢުލާނާއިއެކު މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ފުރިހަމަވުން.

  • މި އިޢުލާންގެ ޝަރުތެއް ފުރިހަމަ ނުވާ ބޭފުޅަކަށް ފުރުޞަތު ލިބިވަޑައިގަންނަވާނީ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" އިންނެވެ.

ކޯހުގެ ޝަރުތު:

  • §      ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

-                      ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

-                      ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ.

-                      ޕާސްޕޯޓްގެ ކޮޕީ

-                      ފޮޓޯ (ޕާސްޕޯޓް ސައިޒް)

-                      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-          ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތްކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

-                      ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

-          އިޢުލާނާއިއެކު މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

-          މި ސްކޮލަރޝިޕަށް ނޮމިނޭޓުވާ ކެންޑިޑޭޓުން މިޑިޕާޓްމަންޓުން އެންގުމުން، ލިމްކޮކްވިންގ ޔުނިވަރސިޓީގެ އެޕްލިކޭޝަން ފޯމާއި، މެޑިކަލް ފޯމް އަދި މީގެ އިތުރުން، ދަރިވަރުގެ މުޅި ޕާސްޕޯޓްގެ 1 ސެޓް ކޮޕީ އާއި ނޫކުލައިގެ ބެކްގްރައުންޑްގައި ނަގާފައިވާ 1 ގަނޑު ފޮޓޯ (3.5cmX5cm) މިޑިޕާޓްމަންޓުން އަންގާ ތާރީޚަކަށް ހުށަހަޅުއްވަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތައް ކިޔެވުމަށް ހަމަޖެހިފައިވަނީ، މެލޭޝިޔާގެ "ލިމްކޮކްވިންގ ޔުނިވަރސިޓީ"ގައެވެ.
  • ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުގެ ކޯސްފެށުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް ގައެވެ.
  • ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، "ޔުނިވަރސިޓީ" އިންނެވެ.
  • ބެޗެލަރސް ޑިގްރީއަށް ހޮވޭ ދަރިވަރުންގެ ކޯސްތަކަށް ފުރަތަމަ އަހަރުގެ ކޯސް ފީ އިން 50%  އަދި ބާކީ އަހަރުތަކުގައި CGPA 3 އަށްވުރެ ދަށްނުވާނަމަ ކޯސްފީގެ30%  ހިލޭ ވާނެއެވެ. މާސްޓަރސް ޑިގްރީ ކޯސްތަކަށް މުޅިކޯހުގެ ފީގެ %50 ހިލޭ ވާނެއެވެ. އެހެނިހެން ހުރިހާ ޚަރަދެއް ހަމަޖައްސަވަން ވާނީ ދަރިވަރު އަމިއްލައަށެވެ. ނަމަވެސް، މި ސްކޮލަރޝިޕް ގެ ދަށުން ހަމަނުޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް އެދިވަޑައިގަންނަވާނަމަ، މިޑިޕާޓްމަންޓުން ލޯނު ހަމަޖައްސައިދެވޭނެއެވެ.
  • ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. މިގޮތަށް ޕޮއިންޓްދޭގޮތުގެ ތަފްޞީލު މި ޑިޕާޓްމަންޓްގެ ވެބްސައިޓްގައި  ހުންނާނެއެވެ.
  • ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ކޯހަކަށް އެދިވަޑައިގަންނަވާ އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓް ތަރުތީބުކުރުމަށް ދެން ބަލާނީ އެބޭފުޅުން އެންމެފަހުން ހާސިލުކުރެއްވި ޑިގްރީއަށްފަހު، ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވާ މުއްދަތަށެވެ.
  • ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މިޑިޕާޓްމަންޓުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި ޑިޕާޓްމަންޓުން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.
  • އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެންކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
    • ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.
    • މި އިޢުލާނާއި ގުޅިގެން ކޯހަށް އެދިވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ހުށަހަޅުއްވަންވާނީ އެންމެ އެޕްލިކޭޝަން ފޯމެކެވެ.
    • މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ދަރިވަރަކަށް ހޯދައެއްނުދެވޭނެއެވެ.
    • ކޯސް ފުރިހަމަކުރެއްވުމަށްފަހު، މި ޑިޕާޓްމަންޓުން ކަނޑައަޅާތަނެއްގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.
    • ކޯހަކަށް އެދިހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި ޑިޕާޓްމަންޓުން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.
    • ކޯހަށް ނޮމިނޭޓްވެއްޖެކަން މި ޑިޕާޓްމަންޓުން އަންގާތާ 24 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، ބްލެކްލިސްޓް ކުރެވޭނެއެވެ.
    • މި އިއުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް (ސުންގަޑި ހަމަވާ ދުވަހާއި އޭގެ ކުރީ ދުވަސް) ކުރިން އެޕްލިކޭޝަނާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެވިގެންވެއެވެ. އެއީ އެޕްލިކޭޝަން ފުރިހަމަ ނޫންނަމަ، ނުވަތަ ހުށަހަޅަންޖެހޭ އެއްޗެއް މަދުނަމަ، ސުންގަޑި ހަމަވުމުގެ ކުރިން ތަކެތި ހަމަކުރައްވައި،  ފުރިހަމަކުރެއްވުމަށް ފުރުސަތު އެރުވުމުގެ ގޮތުންނެވެ. އަދި އޭގެފަހުން އެޕްލިކޭޝަން ހުށަހެޅުއްވުމުން އެއްޗެއް މަދުވިއަސް ސުންގަޑި ހަމަވުމުގެ ކުރިން ފުރިހަމަކުރެއްވުމަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެތީއެވެ.
    • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.
    • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން ބޭނުންފުޅުނަމަ،  ސަރުކާރުގެ އޮފީހަކުން ނުވަތަ  ލޯ ފަރމަކުން އެޓެސްޓްކުރެއްވުމަށްފަހު އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުއްވިދާނެއެވެ.
    • މި އިޢުލާންގެ ސުންގަޑި ހަމަވުމުގެ މަދުވެގެން އެއްދުވަސް ކުރިން މި ޑިޕާޓްމަންޓަށް ސެޓްފިކެޓާއިއެކު ކޮޕީ ހުށަހަޅުއްވައިފިނަމަ، އެޓެސްޓްކޮށްދެވޭނެއެވެ.
      • އެޓެސްޓެޑް އަސްލު ހުށަހަޅުއްވާނަމަ، އެޓެސްޓްކޮށްފައި ހުންނަންވާނީ އިނގިރޭސިބަހުން ތިރީގައިވާ މަޢުލޫމާތު އޮޅުންފިލާގޮތަށެވެ.

-                   އެޓެސްޓްކުރި ތަނުގެ ނަން.

-                   އެޓެސްޓްކުރި މީހާގެ ނަން.

-                   އެޓެސްޓްކުރި މީހާގެ މަގާމް.

-                   އެޓެސްޓްކުރި މީހާގެ ސޮއި.

-                   އެޓެސްޓްކުރި ތާރީޚް.

  • އެޓެސްޓްނުކުރައްވައި ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވި ބޭފުޅެއް ނޮމިނޭޓްވާނަމަ، އެލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި ޑިޕާޓްމަންޓުން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރުކުރައްވާފައި ބެހެއްޓެވުން އެދެމެވެ.
  • 30 ފުރުޞަތަށް ކެންޑިޑޭޓުން ބަހާލެވޭނެގޮތް:

- އުސޫލެއްގެ ގޮތުން މި 30 ފުރުޞަތު ބަހާލެވޭނީ ކޮންމެ ފެންވަރަކަށްވެސް 15 ފުރުޞަތަށެވެ.

- އެއްފެންވަރަކަށް 15 އަށްވުރެން މަދުން ކެންޑިޑޭޓުން ހުށަހަޅުއްވާފައިވާނަމަ، އަނެއްފެންވަރަކަށް އޮންނަ ފުރުޞަތްތަކުގެ އަދަދު އިތުރުކުރެވޭނެއެވެ.

  • އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި ޑިޕާޓްމަންޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

 

  • ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް މުހިއްމު މަޢުލޫމާތު އެކުލެވޭ، ސްޕެޝަލް ކްރައިޓީރިއާއާއި،  އެއްކޯހަށް ނޮމިނޭޓްކޮށްފައިވާ ދަރިވަރުން ދެވަނަ ކޯހަކަށް ނޮމިނޭޓް ކުރާނެ ގޮތާއި، ސްކިލްޝޯޓޭޖް ލިސްޓާއި، ބްލެކްލިސްޓް ކުރުމާ ބެހޭ ގޮތާއި، ސަޕްލިމަންޓްރީ ލޯން ދޭ ގޮތާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި ޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2017  މެއި 25 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ)

ނޯޓް: އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި މި ޑިޕާޓްމަންޓާއި ހަވާލުކުރުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، 3341307 އަށް ގުޅުއްވައި އީމެއިލް ލިބުނުތޯ ކަށަވަރުކުރައްވަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، ސްކޮލަރޝިޕްގެ ނަން، ކޯހުގެ ނަން އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ.

 

ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް http://www.dhe.gov.mv އިންވެސް ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު މިވެބްސައިޓުންނާއި، 3341383 / 3341307 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

16 މޭ 2017
ހޯދާ