ދިވެހިރާއްޖެ
އިޢުލާން
މިމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށާއި ބިންބިމުގައިވާ ރުއްތަކުން ކާއްޓާއި ކުރުނބާ އަޅާ ރަމަޟާންމަހު މާރކެޓު ކުރުމުގެ ފުރުޞަތު ހުޅުވާލުން
ކޮންމެ އަހަރެއްގެ ރަމަޟާންމަހާ ދިމާކޮށް ކާއްޓާއި ކުރުނބަލަށް އޮންނަ ޑިމާންޑު ބޮޑުވެ އަގުތައް އުފުލޭކަން ވަނީ ފާހަގަކުރެވިފައެވެ. މިމައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި މިމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތަކުގައިވާ ރުއްރުކުން ކުރުނބަލާއި ކާށި އަޅާ، މިމިނިސްޓްރީއާއެކު އެއްބަސްވެވޭ އަގުތަކެއްގައި ކުރުނބަލާއި ކާށި ވިއްކަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމަށް ވަނީ ގަސްތުކުރެވިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން ނުވަތަ އީމެއިލްއަކުން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ސުންގަޑި: މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ސިޓީ ހުށަހަޅުއްވާނީ 21 މެއި 2017 ގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއަށް ނުވަތަ އީމެއިލް އިން [email protected] އަށެވެ. |
|
އިތުރު މަޢުލޫމާތު: |
އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރ 3339248/ 3339224 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. |