މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ރަމަޟާންމަހަށް ހަދާ ވަގުތީ ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކަން ހުށަހެޅުމުގެ ފުރުސަތު

 

އިޢުލާން

ރަމަޟާން މަހަށް ހަދާ ވަގުތީ ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކަން ހުށަހެޅުމުގެ ފުރުސަތު

 

            ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ދަނޑުވެރިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ދަނޑުވެރިކަމުގެ ތަފާތު ގިނަ އުފެއްދުންތައް އުފައްދާ ދުވަސްވަރެކެވެ. އަދި މީގެ ތެރެއިން ބޮޑު ބައެއް މާކެޓް ކުރެވެނީ މާލެއަށް ކަމަށްވުމުން، ރަމަޟާންމަހަކީ ދަތުރުވެރިންގެ މާރުކޭޓަށް ބާރު ބޮޑު ދުވަސްވަރަކަށް ވެގެންދެއެވެ. މިގޮތުން އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ތަކެތި ވިއްކަން ޖެހުމަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް މާލެ ގެންނަ ދަނޑުވެރިންނަށާއި، ދަތުރުވެރިންނަށް އަދި ތަކެތި ގަންނަ ފަރާތްތަކަށްވެސް ދަތިތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ.

ވީމާ، ރަމަޟާން މަހަށް ދަނޑުވެރިންނަށް ދެވޭ ޚާއްސަ ޙިދުމަތެއްގެ ގޮތުން މި މިނިސްޓްރީން ގަސްދުކުރެވިފައި ވަނީ، މާލޭގެ ހުޅަނގު ފަރާތު ބަނދަރު ސަރަހައްދުގައި ހަމައެކަނި ދިވެހި އުފެއްދުންތައް ވިއްކޭނެ ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކޮށްދީ އެތަނުގައި ތަކެތި ވިއްކުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށެވެ. މިގޮތުން މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުޤުވެރިކަން ހުރި ރަށްރަށުގެ ކައުންސިލްތަކުން ނުވަތަ ދަނޑުވެރިންގެ ގްރޫޕްތަކުން މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މާރުކޭޓުން ޖާގަ ދިނުމުގައި އިސްކަންދެވޭނީ އެންމެ ގިނަ އަދަދެއްގެ ދަނޑުވެރިން މިކަމަށް އެދި ހުށައަޅާ ރަށްތަކަށެވެ. ސިޓީ ހުށައަޅުއްވާއިރު، ވޭތުވެދިޔަ ރަމަޟާންމަހު (2016) އެރަށަކުން ބޭރުކުރެވުނު މައިގަނޑު ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަންދާސީ މިންވަރާއި 2017 ވަނަ އަހަރު މިމާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އިނގޭނޭ ގޮތަށް ހުށަހެޅުއްވުން އެދެމެވެ. މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ 27 މެއި 2017 ގައެވެ. އަދި 5 ޖުލައި 2017ގެ 18:00ގެ ކުރިން ތަން ހުސްކޮށް މި މިނިސްޓްރީއާ ހަވާލު ކުރަންވާނެއެވެ.  

މި މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ސަމާލުވާންވީ ކަންތައްތައް ތިރީގައި އެވަނީއެވެ.

  • ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ތާޒާ، މޭވާ އާއި ތަރުކާރީ ކަމުގައިވުން
  • ރާއްޖޭގެ ދަނޑުވެރިން ނުވަތަ ދަތުރުވެރިން މާރުކޭޓްގައި ތަކެތި ވިއްކުން
  • ކޮންމެ ރެއަކު ތަކެތި ވިއްކާ ނިމުމުން ގޮޅީގައި އުފެދޭ ކުނިތައް ކަނޑައަޅާ ތަނަކަށް ކުނިތައް ޖަމާކޮށްފައި ބެހެއްޓުން

 

ސުންގަޑި:  މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ސިޓީ ހުށަހަޅުއްވާނީ 21 މެއި 2017 ގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއަށް ނުވަތަ އީމެއިލް އިން [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރ 3339248/ 3339224 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

15 މޭ 2017
ހޯދާ