މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްއޮފިސަރ

 ނަންބަރު:(IUL)297-AD/297/2017/8 

އިޢުލާން

ވަޒީފާގެ ފުރުޞަތު

        މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-288358

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

މަޤާމް އޮތް އޮފީސް:

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ / ނ.ވެލިދޫ

މުސާރަ:

-/5610ރ (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ)

ސަރވިސް އެލަވަންސް:

-/2000ރ (ދެހާސް ރުފިޔާ)

އިތުރު ޢިނާޔަތްތައް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ރަށުކައުންސިލްގެ އިދާރާއިން ހިންގާ މަސައްކަތްތަކަށް ހޯދަންޖެހޭ މުދަލާ ތަކެތި ހޯދުމަށް މާލިއްޔަތު ޤަވާއިދާއެއްގޮތްވާ ގޮތުގެ މަތިން އެތަކެތި ހޯދާ ހޯދޭތަކެތި ސްޓޮކް ބަލަހައްޓާ މުވައްޒަފާ ޤަވާޢިދުން ހަވާލުކުރުން.
  2. ކައުންސިލްއިދާރާއިން އަލަށްކުރާ ޢިމާރާތްތައްކުރުމާއި ބީއޯކިއުހަދާކަމާބެހޭ އެންމެހާ ކަންކަން ބެލެހެއްޓުން
  3. ރަށުގެތަރައްޤީގެ ޕްލޭނުގައި ހިމެނޭ މަޝްރޫޢުތަށް ހިންގުން.
  4. ކައުންސިލްއިދާރާއިން ކުރާ ދަތުރުފަތުރުގެ ކަންކަން އިންތިޒާމްކުރުން.
  5. މިސްކިތްތަކަށް ފޮޅާސާފުކުރުމަށްހޯދާތަކެތި ކޮންމެ 3 މަހުން 3 މަހަށް ހޯދާ އިސްލާމިކް މިނިސްޓްރީއަށް އަގުހޯދުމަށް ހުށައެޅުމަށް ތައްޔާރުކޮށްފައިވާ ފޯމް (ކޮންމެ މިސްކިތަކަށް ފޯމެއް ވަކިން) ފުރިހަމަކޮށް ތަކެތިހޯދި ލިޔުންތަކާއެކު އަގުހޯދުމަށް އެމިނިސްޓްރީއަށް ބިލްހުށައަޅަންވާނެއެވެ. އަދި ، ހޯދާތަކެތި ލަސްނުކޮށް ސްޓޮކާހަވާލްކުރުން.
  6. މިސްކތްތަކުގެ މަރާމާތުކުރުމުގެކުރިން އެމަސައްކަތެއް ކުރުމުގެ ހުއްދަހޯދުމަށް ހުށައަޅަންޖެހޭފޯމް އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. (ކޮންމެމިސްކިތަކަށް ވަކި ފޯމެއް) ފުރިހަމަކޮށް ހުށައެޅުމަށްފަހު އެމިނިސްޓްރީގެ ހުއްދަލިބުމުން މަރާމާތުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން، އަދި އެމަސައްކަތެއް ނިމުމުން ޤަވާޢިދާއެއްގޮތްވާ ގޮތުގެމަތިން މަސައްކަތުގެއަގުހޯދުމަށްޓަކާ ހަމަޖެހިފައިވާ އުޞޫލާއެއްގޮތްވާ ގޮތުގެމަތިންކަމާގުޅޭ ލިޔުންތަކާއެކު ވީއެންމެއަވަހަކަށް އެމިނިސްޓްރީއަށް ބިލްހުށައެޅުން.
  7. ކައުންސިލްގެއިދާރާއިން ހިންގާ ވޯކްޝޮޕްތަކާއި، ފާހަގަކުރެވޭ މުނާސަބާތަކާއި ހިންގާ އިޖުތިމާޢީ ހަރަކާތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދާ ތައްޔާރުކުރުން.
  8. ކައުންސިލްއިދާރާގެ ކޮމްޕިއުޓަރ ސިސްޓަމަށް ދިމާވާ މައްސަލަތަކާ، އީ.މެއިލްއާ ޖެމްސްގެ އެންމެހާ

 

ކަންތައް ހައްލުކުރުމާއި ވެބްސައިޓް އަފްޑޭޓްކޮށް ބެލެހެއްޓުމާއި އެންސީ.އައި.ޓީއާ ކައުންސިލްގެ އިދާރާއާ ދެމެދުކުރެވޭ ޓެކްނިކަލް މުއާމަލާތްތައްކުރުމާއި، މިއެންމެހާ މަސައްކަތްތައް ޤަވާޢިދުން ބަލަހައްޓަމުން ގެންދިއުން. (ކުރަންޖެހިއްޖެ ހާލަތެއްގައި)

  1. ޔުނިޓުން ނިމޭ މައްސަލަތައް ދުވަހުން ދުވަހަށް ރައްކާތެރިކަމާއެކު ފައިލްކުރުން
  2. މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމާއި ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓުން.
  3. މައްސަލަ ރަޖިސްޓްރީއާއި ޔައުމިއްޔާ ނޯޓް ދުވަހުން ދުވަހަށް ލިޔެބެލެހެއްޓުން
  4. ޔުނިޓުންހިންގާ މުހިއްމުހަރަކާތްތަކުގެ ޔައުމިއްޔާނޯޓް ދުވަހުންދުވަހަށް (ސީ.އޭ)ޔުނިޓާ ހަވާލުކުރުން.
  5. ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ލިޔެކިޔުންތައް ލިޔުމާއި، ލިޔެކިޔުންތައް ބެލެހެއްޓުން.
  6. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ތާރީޚްއަށް (މެއިލްކުރަންޖެހޭ ތަކެތި މެއިލްކޮށް ނުވަތަ ފެކްސްކޮށް) ފޮނުވުމާއި ހަވާލުކުރުން.
  7. އިދާރާގެފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވާކްޝޮޕްފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އިދާރީކަންކަމާއި އިންތިޒާމްތައް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  8. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ ރަސްމީމަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖް މަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ:
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށް ފައިވުން. ނުވަތަ:
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އޮފީސް އެޑްމިނިސްޓްރޭޝަން / އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށް ފައިވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖްރިބާ
  3. އިންޓަރވިއުކޮށްގެން
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުންދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނ.ވެލިދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 މެއި 23 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން، ނ.ވެލިދޫކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 6560094 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.  

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2017 މެއި24އާއި 2017 މެއި25އާ ދެމެދު، މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުންހޮވުމަށް ކަނޑަ  އަޅާފައިވާ ކްރައިޓީރިއާގެހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ %30 (ތިރީސް އިންސައްތަ) ކަމުގައި ވާންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6560094 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

              

18 ޝަޢުބާން 1438  

14 މެއި 2017

14 މޭ 2017
ހޯދާ