މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގާއި ގޯޅިތައް ހެދުމަށްޓަކައި ނަގަންޖެހޭ ރުއްގަސްތަކުގެ ބަދަލު ހަމަޖެއްސުން:

މަގާއި ގޯޅިތައް ހެދުމަށްޓަކައި ނަގަންޖެހޭ ރުއްގަސްތަކުގެ ބަދަލު ހަމަޖެއްސުން:

މަގުތަކާއި ގޯޅިތައް ހެދުމުގެ ގޮތުން އެމަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ޓަކައި މިއިދާރާގެ ނަންބަރު: (IUL)301 /301/2017/23  އިޢްލާނު ވަނީ ކުރެވިފައެވެ. މިއީ މިމަގުތަކާއި ގޯޅިތަކުގައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރި 2 ވަނަ އިޢްލާނެވެ. މި 2 އިޢްލާނު ގެޒެޓް ކުރެވި ރަށުގައި އިޢްލާނު ކޮށްފައި ވީނަމަވެސް ނަންނޯޓްކޮށްފައިވަނީ މަދު ފަރާތްތަކުންނެވެ. މިހެން ކަމުން އިތުރަށް ބެލުމުގެ ގޮތުން 3 (ތިނެއް) ވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ. މިފަހަރު މިފުރުސަތުގައި ނަންނޯޓް ނުކޮށް ހުރި ރުއްގަހަކީ ދައުލަތުގެ ތަކެތި ކަމުގައި ބެލުމަށްފަހު، މަގު ހެދުމަށް ޓަކައި އެތަކެތި ނައްތާ ލެވޭނެ ކަމުގައި ދަންނަވަމެވެ. ހެދުމަށް ބޭނުންވާ މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްތަކާއި ގަސްތަކުގައި ކަޅުކުލައިގެ ސްޕްރޭ އިން 1 އިން  161 އަށް ނަންބަރު ޖަހާފައިވާނެއެވެ. އަދި އޯކިޑްމަގުގައި ނުހަދައި އޮތް ބައިގާ ހުރި ރުއްގަހުގައި ވަނީ ނަންބަރު ނުޖަހައެވެ. މިމަގުގައި ފޫނުދުއްވާ ބަޔަކީ ވަލުތެރެކަމުން މިބައިގާވާ ރުއްގަސްތައް ނޯޓް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ މަގު ސާފުކުރަމުންދާއިރުގައެވެ.  

ވީމާ، މިރުއްތަކާއި ގަސްތަކުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރާއި މިލްކު ސާބިތުކުރި ފަތުގެ އަޞްލާއިއެކު 21 މޭ 2017 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  • ލިލީމަގު
  • ހެލްތު ސެންޓަރގެ އިރުމަތިން އަލަށް ހެދޭ ގޯޅި
  • ސްޕޯޓްސް އެރީނާގެ އިރުމަތި މަގު ކުނިކޮށީގެ އިރުމަތި މަގު
  • ކަރަންކާ ގޯޅި
  • ނަސީމީހިޔާ ގޯޅި
  • ބަހާރީ ގޯޅި
  • ފަރީދީ މަގު
  • އޭވައިސީ ގެ އިދާރާގެ ކަންމަތިން ހުޅަނގަށް ހަދާމަގު

ނޯޓް: މިއިޢްލާނާއިއެކު މަގުތައް އެނގޭނެ ޗާޓް ހިމެނީމެވެ. މިކަމާގުޅޭ ގޮތުން އިތުރަށް ސާފުކުރުމަށް ބޭނުންވާ މަޢްލޫމާތެއްވާނަމަ ރައީސް ޤާސިމް ޙުސައިން ( މޮބައިލް ނަންބަރު: 7750001 ) އާއި ބައްދަލު ކުރެއްވުން އެދެމެވެ.

18 ޝަޢްބާން   1438  

14 މޭ      2017

14 މޭ 2017
ހޯދާ