ދިވެހިރާއްޖެ
`
ތޮއްޑޫ ސްކޫލް
އއ.ތޮއްޑޫ / ދިވެހިރާއްޖެ ނަންބަރ : 18GS66/IUL/2017/
އިޢުލާން
ރަންޔޫބިލް ލޯގޯޖެހި ޓީޝާޓް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ސްކޫލަށް 50 އަހަރުފުރޭ ރަންޔޫބިލް ޙަރަކާތްތަކުގައި ބޭނުންކުރުމަށް އެކަމަށް ޚާއްޞަ ކުރެވިފައިވާ ލޯގޯޖެހި 500 ޓީޝާޓް، އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ: 15GS66/IUL/2017/ އިޢުލާނަށް އެންމެ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިވާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
ތާރީޚާއި ގަޑި: 21 މެއި 2017 ވާ އާދިއްތަ ދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް |
ތާރީޚާއި ގަޑި: 28 މެއި 2017 ވާ އާދިއްތަ ދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ސިޓީއެއް ދެއްވާފައި ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަމްބަރ ފޯނާއެވެ.
14 މެއި 2017
_________________________________________________________________________________ފޯން : 6660819 (960+) ފެކްސް : 6660819 (960+) އީމެއިލް : [email protected]