ދިވެހިރާއްޖެ
ނަންބަރު:A)AC-2017/149)
އިޢުލާނު
|
ވަޒީފާގެ ފުރުޞަތު |
|
|
މަޤާމް: |
އޮފިސަރ (ޖީ.އެސް 3) |
|
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
|
ސެކްޝަން: |
ޕްރޮކިޔުމަންޓް ސެކްޝަން |
|
ބޭސިކް މުސާރަ: |
މަހަކު -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
|
ސާރވިސް އެލަވަންސް: |
މަހަކު -/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) |
|
ލިވިންގ އެލަވަންސް: |
މަހަކު -/3000 (ތިންހާސް ރުފިޔާ) |
|
ޚާއްޞަ އެލަވަންސް: |
މުސާރައިގެ %45 |
|
އިތުރު ގަޑި ފައިސާ: |
ނުރަސްމީ ގަޑީގައި ކުރާ މަސައްކަތަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ |
|
ވަޒީފާގެ ބާވަތް: |
ދާއިމީ |
|
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން. |
|
ފެންވަރު ނުވަތަ ޝަރުޠު: |
1- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛ 2- ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. 3- ވަޒީފާއެއްގައި އުޅެ 1 (އެކެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
އެހެނިހެން ޝަރުތު: |
1- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން. 2- އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން. 3- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން. 4- ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން. |
|
މަސްއޫލިއްޔަތު: |
- ކޮމިޝަނަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި ހިދުމަތްތައް ދިނުން. - ޚިދްމަތާއި ތަކެތި ހޯދުމަށްބޭނުންވާ އެގްރީމަންޓް ތައްޔާރުކުރުން. - ކޮމިޝަނަށް ހޯދަންޖެހޭ ޚިދްމަތާއި ތަކެތީގެ އަގުބަލައި ކޯޓޭޝަން ހޯދުން. - ކޮމިޝަންގެ އިދާރާގެ މަސައްކަތަށް ހޯދަންޖެހޭ ތަކެއްޗާއި ޙިދުމަތްތަކުގެ ބިޑްތަކުގެ މަސައްކަތް ކުރުން. - ސެކްޝަންގެ އިދާރީ މަސައްކަތްތައް ކުރުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ. - ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. - އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
|
ނޯޓު: |
ޢިއުލާންކޮށްފައިވާ މަޤާމަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. |
|
ސުންގަޑި: |
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 21 މެއި 2016 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
އިތުރު މަޢުލޫމާތު |
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. މި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތަކަކީ ތަންތަނަށް ގޮސް، ތަންތަނަށް ދުއްވައިގެން މައުލޫމާތު އެއްކޮށްގެން ކުރަންޖެހޭ މަސައްކަތްތަކަށްވާތީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކުސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mvއިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. |
އޮފިސަރ (ޖީ.އެސް 3) އަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު
|
ތަފްޞީލް |
މާކުސް |
|
ތަޢުލީމު |
40 މާކުސް |
|
މަސައްކަތު ތަޖުރިބާ |
10 މާކުސް |
|
އިންޓަރވިޔު |
35 މާކުސް |
|
ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު) |
15 މާކުސް |
|
ޖުމްލަ |
100 މާކުސް |
ޝޯޓްލިސްޓު ކުރެވޭގޮތް
- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު އަދި މަސައްކަތު ތަޖުރިބާގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
- ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.
15 ޝަޢުބާން 1438
