ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
ޙައްޖު އޮޕަރޭޝަންސް މެނޭޖަރ
|
މަޤާމުގެ ގިންތި:
|
ވަގުތީ
*މި މަޤާމަށް ހޮވޭ ފަރާތެއްގެ 3 މަސް ދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މަސައްކަތަށް ޤާބިލު ކަމަށް ފެންނަ ނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
އަސާސީ މުސާރަ:
|
-/10،000
|
އެލެވެންސް:
|
- ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ
- ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން
- ފޯން އެލަވަންސް: -/300 ރުފިޔާ
- ސެޓިފިކެޓް އެލަވަންސް: ޑިގްރީއަށް އަސާސީ މުސާރައިގެ %40
|
އިތުރު ގަޑި:
|
ރަސްމީ ގަޑި ފިޔަވައި އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އިތުރު ގަޑީގެ އެލަވަންސް ދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުތު:
|
- އިސްލާމީ ޝަރީޢާގެ ދާއިރާ އަކުން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުމާއެކު މަދުވެގެން 3 (ތިނެއް) އަހަރުގެ ޙައްޖާއި ޢުމްރާގެ އޮޕަރޭޝަންސް ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
- އަރަބިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުމާ އެކު އަރަބިބަހުން ލިޔެކިޔުންތައް ތައްޔާރުކުރަން އެނގުން.
- ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު ލިޔަން ކިޔަން އެނގުން.
- މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންސް ބޭނުން ކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްއޫލިއްޔަތު:
|
- ޙައްޖު/ޢުމުރާގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
- ޙައްޖުވެރިން މާލެއިން ފުރުމުގެ ކުރިން ނިންމަންޖެހޭ ކަންތައްތައް ރާވާ ބެލެހެއްޓުން.
- މައްކާ/މަދީނާގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުމާއި އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް އިންތިޒާމު ކުރުން.
- ޙައްޖުވެރިންނަށް އަޅުކަން އަދާކުރުމުގައި ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.
- ޙައްޖު/ޢުމުރާއަށް ފުރުމުގެ ކުރިން ދޭންޖެހޭ ޓްރެއިނިންގ ޕްރޮގުރާމުތައް ރާވާ ހިންގުން.
- ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢުދީ ޢަރަބިއްޔާގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
- ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
- ޢަރަބި ބަހުން ލިޔެކިޔުންތައް ތައްޔާރު ކުރުމާއި ޢަރަބި ބަހުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމާއި އެކަމާގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.
|
މަސައްކަތު ވަގުތު:
|
މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން ހަވީރު 15:00 އަށް) (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރުގަޑީގައި ވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ މަސައްކަތް ކުރާގޮތަށް)
|
ހުށައަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށައަޅާ ފޯމް
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުން
|
ސުން ގަޑި:
|
ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 25 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު ލިބިވަޑައިގަންނަވާނީ މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިންނެވެ.
|
ނޯޓް:
|
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވިގެންދާނީ އިންޓަރވިއު ކުރެވިގެންނެވެ. މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އެންގޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.
|