އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޫގަސްގެ ކުއްޔަށް ދިނުމާއިބެހޭ

 

އިޢުލާން

 

ދޫގަސްގެ ކުއްޔަށް ދިނުމާއިބެހޭ:

 

         މިކައުންސިލުން އިމާރާތްކޮށްފައިވާ ދޫގަސްގޭގެ އިމާރާތާއި ގޯތި 10 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ކޮށްފައިވާ (13 މާރިޗު 2017)  IUL)342/INDIV/2017/22) އިޢްލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީވެ، އެއިޢްލާން ބާޠިލްކޮށް އަލުން އިޢްލާން ކުރަމެވެ.

         މިކައުންސިލުން އިމާރާތްކޮށްފައިވާ ދޫގަސްގޭގެ އިމާރާތާއި ގޯތި 10 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ.

         ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 23 މޭ 2017 ވާ އަންގާރަދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 މޭ 2017 ވާ އާދީއްތަ ދުވަހު 13:00 ށް ބީލަން ހުށަހުޅުއްވުންއެދެމެވެ.

         ބީލަން ހުށަހަޅުއްވާނީ، މިއިދާރާއިން މި މަސައްކަތުގެ މަޢުލޫމާތު އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރެވޭނެއެވެ. ބީލަން ފޮތެއްގެ އަގަކީ 250/- އެވެ. ނަމަވެސް ކުރިން ކުރި އިޢުލާނަށް ބީލަން ފޮތް ގަނެފައިވާ ފަރާތްތަކުން މި އިޢުލާނަށް މަޢުލޫމާތު ސާފުކުރައްވާފައިވާނަމަ، ބީލަން ފޮތް ގަންނާކަށްޖެހި ވަޑައެއްނުގަންނަވާނެއެވެ.

         މިމަސައްކަތަށް ހުށަހަޅުއްވާ ބީލަން ކެނޑުން އިސްވެދެންނެވި ގަޑީގައި މިއިދާރާގައި އޮންނާނެއެވެ. އަދި ބީލަން ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވިދާނެއެވެ.

          ބީލަން ހުށަހެޅުއްމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަބީލަންތަކާއި، ބީލަން ގަންނަ ފަރާތް ނޫން އެހެން ފަރާތްތަކުން ހުށަހަޅާ ބީލަންތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6660058 ނަންބަރު ފޯނާއެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޝަޢުބާން 1438

11 މޭ 2017

11 މޭ 2017
ހޯދާ