ދިވެހިރާއްޖެ
ނަންބަރު: B-MAI/IUL/2017/10
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި މަދަރުސާގެ 2016 ވަނައަހަރުގެ ޕްރައިޒްޑޭގެ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި ތައްޔާރުކޮށް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރު: B-MAI/IUL/2017/09 (24 އެޕްރީލު 2017) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވައިލަމެވެ.
1- 250 ޓްރޮފީ (ސްކޫލުން ބޭނުންވާ ސައިޒު ތަކުގައި ލިޔުންކޮޅު ހަރުކޮށް)
2- 155 ޕްލާކް (ސްކޫލުން ބޭނުންވާ ގޮތަށް ތައްޔާރުކޮށް)
3- 21 ސޭޝް (ސްކޫލުން ބޭނުންވާ ގޮތަށް ތައްޔާރުކޮށް)
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް (އަމީނިއްޔާސްކޫލް ކުރިމަތި / ޗާނދަނީމަގު) ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީ ހިސާބު ހުށެހެޅުއްވުން |
16 މެއި 2017 ވާ ހޯމަ ދުވަހުގެ 10:00 އަށް |
22 މެއި 2017 ވާ ހޯމަ ދުވަހު 10:00 އަށް |
12 ޝަޢުބާން 1437
08 މެއި 2017