މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ހދ. ފިނޭގައި ކުނިމެނޭޖްކުރާ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް

ޕްރޮޖެކްޓް ނަންބަރު: OFIDPMU/2017/PH2-006

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ހދ. ފިނޭގައި ވޭސްޓް މެނޭޖްމެންޓް ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާން ނަންބަރު: (IUL)438-OFID/1/2017/25 އާ ގުޅިގެން ލިބުނު ތަރުޙީބު ކުޑަވުމުގެ ސަބަބުން މި އިޢުލާން ބާޠިލުކޮށް، އަލުން ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް މި މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 10,000 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

4. މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން [email protected] އަށް އީ-މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޙަކީ 22 މޭ 2017 އެވެ.

5. ޕްރީބިޑް ބައްދަލުވުން

މި މަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 22 މޭ 2017 ވާ ހޯމަ ދުވަހުގެ 10:30 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެކަން ވެސް ދެންނެވީމެވެ.

6.  ބިޑް ހުޅުވުން

ބިޑް ހުޅުވުން އޮންނާނީ 5 ޖޫން 2017 ވާ ހޯމަ ދުވަހުގެ 11:30 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓްގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

7. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، އޮފިޑް ޕްރޮކިއުމަންޓް ގައިޑްލައިންސް (ނޮވެންބަރު 1982) ގައިވާ ގޮތުގެ މަތިން "ސިންގަލް ސްޓޭޖް ވަން އެންވެލޯޕް" ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އޯޕިޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3018454/ 3018453

ފެކްސް: 3018301

9.މި އިޢުލާން މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި އަޕްލޯޑް ކުރެވިފައި ވާނެއެވެ.

 

 

10 މޭ 2017
ހޯދާ