ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މ.ވޭވަށް ބަނދަރު ރީކޮންސްޓްރަކްޓް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މިބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކުގެ ތެރެއިން HC01-4 ،HC01-3 ،HC01-2، HC01-1 ގްރޭޑަށް ޝަރުޠުހަމަވާ ފަރާތްތަކަށެވެ.
3. ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 11 މޭ 2017 އިން 25 މޭ 2017 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00އަށް މިމިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
4. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/70,000ރ (ހަތްދިހަހާސް ރުފިޔާ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
5. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 29 މޭ 2017ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
6. ބީލަން ހުޅުވުން އޮންނާނީ 8 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖްކެޓް މޮނިޓަރިންގ،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 3349106 3349125
އީމެއިލް : [email protected]
ކޮޕީ : [email protected]