ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ރިހިޖެހިކޮށީގެ އަލިފާންނިވާ ސިސްޓަމާއި، އެލާމް ސިސްޓަމް، މަރާމާތުކޮށް ރަނިންގ ކަންޑިޝަނަށް ގެނެސްދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް

އިޢުލާނު

ރިހިޖެހިކޮށީގެ އަލިފާންނިވާ ސިސްޓަމާއި، އެލާމް ސިސްޓަމް، މަރާމާތުކޮށް ރަނިންގ ކަންޑިޝަނަށް ގެނެސްދިނުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ބޭނުންވެއްޖެ

މިއޮފީހުގެ ރިހިޖެހިކޮށީގައި ޤާއިމުކޮށްފައިވާ އަލިފާންނިވާ ސިސްޓަމާއި، އެލާމް ސިސްޓަމް މަރާމާތުކޮށް ރަނިންގ ކަންޑިޝަނަށް ގެނެސްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މިއޮފީހުގެ ނަންބަރު (IUL)1-FA(B)/1/2017/17  2 އެޕްރީލް 2017 އިޢުލާނާ ގުޅިގެން، މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވާ އަންދާސީހިސާބުގައިވާ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 މޭ 15 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 މޭ 21 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 ____________________

14 ޝަޢުބާން 1438

 

10 މޭ 2017
ހޯދާ