ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|||
މަޤާމުގެ ނަންބަރު: |
J-289037 |
|||
ބޭނުންވާ ޢަދަދު : |
01 |
|||
މަޤާމުގެ ގިންތި: |
ދާއިމީ |
|||
މަޤާމުގެ ރޭންކު |
ޖީ. އެސް 4 |
|||
މަޤާމުގެ ކްލެސިފިކޭޝަން |
އޮފިސަރ ގްރޭޑް 2 |
|||
ސެކްޝަން |
ކޯޕަރޭޓް އެފެއާޒް |
|||
މަޤާމް އޮތް އޮފީސް |
ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ |
|||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ |
|||
މުސާރަ: |
މަހަކު-/5020 ރުފިޔާ |
|||
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
|||
އިތުރު ޢިނާޔަތްތައް: |
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
|||
މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް: |
1- ކައުންސިލް އިދާރާއަށް ލިބޭ ހުރިހައި ފައިސާއެއް ބަލައިގަތުމާއި އެފައިސާގެ ތަފްޞީލް ފޮތްތަކަށް އެރުވުމާއި ތިޖޫރީއަށްލުން 2- މި އިދާރާއަށް ލިބޭ އާމުދަނީ ދުވަހުފޮތަށާއި އައިޓަމް ބަކީއަށް އެރުވުން 3- ކޮންމެ ދުވަހެއްގެ 13:00 ގެ ފަހުން ފައިސާ ބަލައިގަތުން ބަންދުކޮށް ލިބިފައިހުރި ފައިސާތައް ތިޖޫރީ އަށް ވެއްދުމަށް ތިޖޫރީއާއި ޙަވާލުވެ ހުންނަވާ ފަރާތާއި ފައިސާ ޙަވާލުކުރުން 4- ކޭޝް ޑިސްޕާސްމަންޓް އަންދާޒާ ރިޕޯރޓް (ކޭޝް ފްލޯ) ހަދައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ފައިނޭންސް އޮފިސަރަށް އެހީތެރިވުން 5 އެޑްވާންސް ޚަރަދުތަކަށް ބޭނުންވާ ފައިސާ ބަލައި ފައިސާ ޖަމާކުރުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސްއަށް ޕޭމަންޓް ވައުޗަރ ހަދައި ފޮނުވުމަށް ފައިނޭންސް އޮފިސަރއަށް އެހީތެރިވުން 6- ކޮންމެ މީލާދީ މަހެއްގެ 16 ވަނަ ދުވަހު ފެށިގެން 20 ވަނަދުވަހުގެ ނިޔަލަށް އެޗް.އާރު ޔުނިޓްގެ އެހީތެރިކާމާއެކު ޙާޟިރީ ރިޕޯރޓްތައް ހޯދައި މުސާރަ ހަދައި ފިނޭންސް މިނިސްޓްރީއަށް ވައުޗަރ ފޮނުވުމަށް ފައިނޭންސް އޮފިސަރއަށް އެހީތެރިވުން 7- މުސާރަ ފައިސާ އާއި އެލަވަންސް ފައިސާ މިއިދާރާގެ އެކައުންޓަށް ޖަމާވާތާ 3 ދުވަސްތެރޭގައި (އެމަހެއް ނިމުގެ ކުރިން) ވައުޗަރުތައް ހަދައި، ކަނޑަށްޖެހޭ ފައިސާއެއް ކެނޑުމަށްފަހު އެފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުމަށް ފަހު ބާކީ ފައިސާ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުމާއި، ހަވާލުކުރަން ޖެހޭ ފަރާތްތަކަށް ޙަވާލުކުރުން 8- މި އިދާރާއަށް ލިބޭ ބިލްތަކަށް، ފައިނޭންސް އޮފިސަރާއި ކައުންސިލް ނުވަތަ ކައުންސިލްގެ ރައީސްގެ މަޝްވަރާގެ މަތިން ފައިސާދައްކައި ޚަލާސްކުރުން 9- މި އިދާރާގެ 4 ބޭންކް އެކައުންޓާއި ތިޖޫރީ ފައިސާއާއި، އާމްދަނީ ފައިސާގެ ރިޕޯރޓްހަދައި އެރިޕޯރޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށް ފައިނޭންސް އޮފިސަރއަށް އެހީތެރިވުން. 10- މަސްދުވަހުގެ ރިޕޯރޓްތަކާއި ޚަރަދު ރިޕޯރޓްތައް ހެދުމަށް ފައިނޭންސް އޮފިސަރަށް އެހީތެރިވުން 11- ބަޖެޓް ކޮންޓްރޯލްތައް ހަދައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ފައިނޭންސް އޮފިސަރަށް އެހީތެރިވެދިނުން 12- ފައިސާ އާއި ބެހޭ ޔުނިޓްގެ ފައިލިންގ ސިސްޓަމް ރަނގަޅަށް ތަރުތީބުކޮށް ރައްކާތެރިކަމާއިއެކު ބެހެއްޓުން 13- ކޮންމެ މީލާދީ އަހަރު ނިމުމުން މާލީ ބަޔާން ތައްޔާރުކުމަށް އެހީތެރިވުން 14- ކައުންސިލް އިދާރާގެ ހުރިހައި މުވައްޒަފުން ނުކުމެކުރާ މަސައްކަތުގައި ބައިވެރިވުން 15 ކައުންސިލްގެ އިދާރާގެ މަސައްކަތު ދާއިރާ އާއި މަސްއޫލިއްޔަތުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތް ކުރުމާއި ބައިވެރިވުން
|
|||
މަޤާމުގެ ޝަރުތު:
|
1- ފައިނޭންސް/ އެކައުންޓިންގ/ ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ 2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ 3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ފައިނޭންސް/ އެކައުންޓިންގ/ ބިޒްނަސް މެނޭޖްމަންޓް މިއިން ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން ނ.ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު އާއި ޕްރެކްޓިކަލްސް |
|||
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
|||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަން އިދާރާގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މެއި 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6840014 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
|||
އިންޓަރވިއު އާއި ޕްރކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް (އޮންނާނީ، 22 މެއި 2017 އާއި 31 މެއި 2017 އާ ދެމެދު، ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލް އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|||
ޝޯޓް ލިސްޓްކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|||
މަޤާމަށްމީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާރކްސް ޖުމްލަ އިންސައްތަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.
|
|||
އިތުރު މަޢުލޫމާތު ހޯދުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840004 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6840014 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
|||
12 ޝައުބާން 1438 08 މެއި 2017 |