ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:
މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް މިހާރު ޙަވާލުކުރެވިފައިވާ ފަރާތާއި މި އިދާރާއާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު 31 މެއި 2017 ގައި ހަމަވެއެވެ. އެހެންކަމުން 01 ޖޫން 2017 އިން 31 މެއި 2018 އަށް މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށްޓަކާ އިޢުލާން ކުރީމެވެ.
ވީމާ، މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގައެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ޕްރޮޕޯސަލް ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބެލެހެއްޓުމާއި ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކޮށްދިނުން: 11 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި.
- އަންދާސީ ހިސާބު ބަލައިގަތުން: 17 މެއި 2017 ވާ ބުދަ ދުވަހުގެ 13:00 ގައި.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޝަޢުބާން 1438
08 މެއި 2017