ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ސެކިއުރިޓީ ލޮކް ސިސްޓަމްއެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

މި ކުތުބުޚާނާގެ ފަރާތުން މަރާމާތުކުރަމުން ގެންދާ އެމެރިކަން ސެންޓަރުގައި ހަރުކުރާ ސެކިއުރިޓީ ދޮރުގައި ހަރުކުރުމަށް ލޮކް ސިސްޓަމެއް ހޯދުމަށް ކުރި ނަންބަރ:(30.04.2017)(IUL)56-CAS/1/2017/16 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން 2017 މޭ 11 ވާ ބުރާސްފަތި ދުވަހުގެ 1:00 އަށް މިކުތުބުޚާނާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މޭ 14 ވާ އާދީއްތަ ދުވަހުގެ 1:00 އަށް ޤައުމީ ކުތުބުޚާނާ އަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ، މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް

މެދުޒިޔާރަތް މަގު، މާލެ (ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި)

                     21 ޝަޢުބާން 1438

08 މޭ 2017
ހޯދާ