ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީގައި ހޮސްޕިޓަލިޓީ ސްކިލްސް ޓްރެއިނިންގް ޕްރޮގްރާމް ހިންގައިދިނުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން 12 އެޕްރީލް 2016ވަނަދުވަހު ކުރެވުނު އިޢްލާން ނަމްބަރ: (IUL)WDC(2)/2017/08) އެ އިޢުލާން ބާޠިލްކޮށް އަލުން އިޢްލާން ކުރަމެވެ.
އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫސިޓީގައި 20 ދަރިވަރަކަށް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ދާއިރާއިން ތަމްރީން ޕްރޮގްރާމް ހިންގަން ބޭނުންވެއެވެ. ފުޑް އެންޑް ބެވެރޭޖް ހައުސްކީޕިން އެންޑް ފްރަންޓް އޮފީސް ހިމެނޭގޮތަށް ޕްރޮގްރާމް ރާވާ ހިންގާ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިމިވާ ކަންކަން ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަޅުގަނޑުމެން މިކޯސް ހިންގަން ބޭނުންވަނީ 2 ހަފްތާއަށްވުރެ ކުރުނޫން މުއްދަތަކަށެވެ.
- ކޯސް ހިންގާ އިންސްޓިޓިއުޓް ނުވަތަ އެފަރާތެއްގެ މައުލޫމާތު
- ކޯސް ނިމޭއިރު ދަރިވަރުންނަށް ހާސިލްވާނޭ މިންވަރު
- ކޯސް ކުރިޔަށް ގެންދާނެގޮތް
- ކޯހުގެ މުއްދަތު
- ކޯސް ހިންގައިދޭނޭ އަގު
މާރކްސް ދެވޭނެގޮތް:
- އަގު %40
- ތަޖުރިބާ %30
- ހުށަހެޅުން %30
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މެއި 2017 ވާ އާދީއްތަ ދުވަހުގެ 11:00 ގެކުރިން ކައުންސިލް އިދާރާގައި ހުންނަ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 11:00 ގެފަހުން ގެންނަ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
12 ޝަޢުބާން 1438