ހިޔުމަން ރިސޯސް އޮފިސާރ ގްރޭޑް 3 – ބޭނުންވާ ޢަދަދު - 01
|
މުސާރަ: 6800.00ރ
|
ފުޑް އެލަވަންސް:1050.00ރ
|
ލިވިންގް އެލަވަންސް: 1000.00ރ
|
ސެޓްފިކެޓް އެލަވަންސް: 2720.00ރ
|
އެޓެންޑެންސް އެލަވަންސް: ދުވާލަކަށް 20.00ރ
|
މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު ހެޑް އޮފީސް
|
ޝަރުޠު:
- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ހިޔުމަން ރިސޯސް ނުވަތަ ބިސްނަސް އެޑްމިނިސްޓްރޭޝަން އާއި ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން.
- އެސް.އެސް.ސީ އިމްތިހާނުން ދިވެހި އަދި އިސްލާމުން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
- ހިޔުމަން ރިސޯސް ނުވަތަ ގުޅުން ހުރި ދާއިރާ އަކުން މަދުވެގެން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
|
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، މުވައްޒަފުންނާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން. މީގެ ތެރޭގައި މުވައްޒަފުންގެ ޙާޟިރީ، ޗުއްޓީ، މުސާރަ އަދި ޕާރސަނަލް ފައިސް ބެލެހެއްޓުން.
- ކުންފުންޏަށް މުވައްޒަފުން ނެގުމަށްޓަކައި، އިޢުލާން ތައްޔާރު ކުރުމާއި، އިންޓަވިއުއަށް ބޭނުންވާނޭ ލިޔެކިޔުން ތައްޔާރު ކުރުމާއި، ވަޒީފާގެ އެއްބަސްވުމާއި، ވަޒީފާގެ ބަޔާން އަދި މިނޫނަސް ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަ ކުރުން.
- އެޑްމިން އަދި އެޗް.އާރު އިން ކުރާ އެހެނިހެން މަސައްކަތްތަކަށް އެއްބާރުލުން ދިނުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ސެޓްފިކެޓުތަކުގެ ކޮޕީ
- ކުރީގައި ވަޒީފާ އަދާކޮއްފައިވާތަނުގެ ލިޔުން.
- ސުންގަޑި: 15 މޭ 2017 ވަނަ ދުވަހުގެ 16:00 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހު 08:00 އިން 16:00 އަށެވެ.)
- ހުށަހަޅަންވީ ތަން: ހ.ހުޅުގަލި ހަތަރުވަނަ ފަންގިފިލާ، ކަރަންކާ މަގު، މާލެ، ދިވެހިރާއްޖެ.
|
އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3016630 އަށް
އީމެއިލް އެޑްރެސް: [email protected]
|