ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ކުޑަކުދީންނަށް ދިވެހިބަހުން "ނާވިލު" ލިޔުމުގެ މުބާރާތް - 2017

`

 

ދިވެހިބަހުގެ އެކެޑަމީ

  މާލެ،

 ދިވެހިރާއްޖެ

                       

                                                               ނަންބަރު:(IUL)430-DBA-B/1/2017/9

 

އިޢުލާނު

ކުޑަކުދީންނަށް ދިވެހިބަހުން "ނާވިލު" ލިޔުމުގެމުބާރާތް – 2017

ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން

 

 

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ގިންތިތަކުގެ ތެރެއިން، "ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން" މި ގިންތިން  2017 ވަނަ އަހަރު އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ކުޑަކުދީންނަށް ދިވެހިބަހުން 'ނާވިލު' ލިޔުމުގެ ދާއިރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަނުއްވާފައެވެ.          

މި ދާއިރާއިން އިނާމު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ "ކުޑަކުދީންނަށް ދިވެހިބަހުން "ނާވިލު" ފޮތް ލިޔުމުގެ މުބާރާތެއް މި އެކެޑަމީން ބާއްވައި، އެ މުބާރާތުން 1 ވަނަ ޙާޞިލުކުރާ ފަރާތަށް ނުވަތަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިނާމު ދެއްވާ ގޮތަށެވެ. މި މުބާރާތުގެ ގަވާއިދު މި އިޢުލާނާއެކު މިވަނީއެވެ.

              ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި އިޢުލާނާއެކު މިވާ ފޯމު ފުރިހަމަކޮށް، 2017 ސެޕްޓެންބަރު 20 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި އެކެޑަމީއަށް ހުށަހެޅުން އެދެމެވެ. މި މުބާރާތުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމު، މި އެކެޑަމީގެ ވެބްސައިޓް   www.dhivehiacademy.edu.mvން އަދި މި އެކެޑަމީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އެކެޑަމީގެ 3345287 ނުވަތަ 3345299 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

________________

 12 ޝަޢުބާން 1438

08 މޭ 2017

08 މޭ 2017
ހޯދާ