އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކެމްޕެއިންކުރުން މަނާ ވަގުތު އާންމުކުރުން

ނަންބަރު:A)BB-2017/146)

އިޢުލާނު

ކެމްޕެއިންކުރުން މަނާ ވަގުތު އާންމުކުރުން

ޤާނޫނު ނަންބަރު 2008/11 "އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު" ގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 06:00 އިން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 06:00 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުކަމީ މަނާކަމެކެވެ.

ވީމާ، 2017 މެއި 06 ވާ ހޮނިހުރި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017" ގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިޚާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް ޢަމަލެއް 2017 މެއި 05 ވާ ހުކުރު ދުވަހުގެ ހަވީރު 06:00 އިން ފެށިގެން 2017 މެއި 07 ވާ އާދިއްތަ ދުވަހުގެ ހެނދުނު 06:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކުރަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢްލާނު ކުރީމެވެ.

09 ޝަޢްބާން 1438

05 މޭ 2017
ހޯދާ