ދިވެހިރާއްޖެ
މަޤާމް :މަސައްކަތު (ހޯނޑެއްދޫ ވަޑިންދިހަރޭ މައިޒާން ކުނިކަހާ ސާފުކޮށް ބަލަހައްޓާ) | |
---|---|
ބޭނުންވާ އަދަދު :1 | |
ޝަރުޠު: 01- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއި، ޢުމުރާއި ޞިއްޙަތުގެގޮތުން މިފަދަ މަސައްކަތް ކުރެވޭފަދަ މީހަކު ކަމުގައިވުން. 02- ރަށުގެ އިޖުތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވާ އެކަމުގެ ޝައުގުވެރިކަން ހުންނަ މީހަކު ކަމުގައިވުން. މުސާރަ: މަހަކު: 2000.00 ރ. ( ދެހާސް ރުފިޔާ ) ކުރަންޖެހޭ މަސައްކަތް: ހޯނޑެއްދޫ ވަޑިންދިހަރޭ މައިޒާން އާއި ވަޑިންދިހަރޭ މައިޒާން ވަށައިގެންވާ މަގުތަކުގެ ½ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް. މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑި: ހަފްތާއަކު ފަސްދުވަސް (ސަރުކާރުގެ ރަސްމީ) ދުވާލަކު 4 ގަޑިއިރު.
ވީމާ މިމަޤާމަށް އެދިލައްވާ ފަރާތްތަކުން 15 މޭ 2017 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް، ވަޒީފާއަށް އެދޭ ސިޓީއާއި އައިޑީ ކާޑުގެ ފޮޓޯކޮޕީ ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 08 ޝައުބާން 1438 |