ދިވެހިރާއްޖެ
އިޢުލާން
ޤައުމީ މަންހަޖުގެ ކީ ސުޓޭޖު 4 (ގުރޭޑު 9 އަދި 10 ) އާއި ކީސްޓޭޖް 5 (12،11 )ގެ އިސްލާމް ، ޤުރުއާން، ދިވެހި އަދި ދިވެހިއަދަބިއްޔާތު މި ހަތަރު މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް ލިޔެ، ލޭއައުޓް ހަދާ ޗާޕުކޮށް، އެފޮތްތަކުގައި ހިމެނޭ ކިޔަވައިދިނުމާއިގުޅޭ ތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތާއި ގުޅޭ ބީލަން ފޮތް ވިއްކާނީ 08 މެއި 2017 އިން ފެށިގެން 15 މެއި 2017 ވަނަ ދުވަހަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09.00 ން މެންދުރުފަހު 13.30 އަށް، މި މިނިސްޓްރީގެ ބަޖެޓް ސެކްޝަނުންނެވެ. ބީލަން ފޮތެއްގެ އަގަކީ 200 (ދުއިސައްތަ) ރުފިޔާއެވެ.
ޕްރީބިޑް މީޓިންގ އޮންނާނީ 18 މެއި 2017 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގްރޫމް 2 (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގައެވެ.
އަދި ދަންނަވަމެވެ. ބީލަންފޮތް ބައްލަވާ ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަމްބަރ ފޯނާއެވެ.
