ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ވޮލީބޯޅަ ޓީމުތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގަ އާއި ސަރަޙައްދީ ފެންވަރުގައި ވާދަކުރެވޭ، ކުޅިވަރުގެ އަޙްލާގާއި ފުރިހަމަ ހުނަރު ލިބިފައިވާ، މޮޅު ކުޅުންތެރިންތަކެއްގެ މައްޗައް އެކުލެވިގެންވާ ޓީމުތަކަކަށްް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އުމުރުފުރާތަކުގެ ޔޫތު ނެޝަނަލް ޓީމް ތަކެއް އެކުލަވައިލުމަށް ވަނީ ނިންމިފައެވެ. މިގޮތުން ތިރީގައި ބަޔާންކުރާ އުމުރުފުރާތަކުގެ ޤައުމީ ޓީމުތަކަށް ކޯޗުން ހޯދުމަށް ބޭނުންވެއެވެ.
މުސާރަ: ދެފަރާތް މަޝްވަރާކުރުމަށްފަހު އެއްބަސްވާ މުސާރައެއް.
* އަންޑަރ 16 ނެޝަނަލް ޓީމް (އަންހެން) * އަންޑަރ 19 ނެޝަނަލް ޓީމް. (އަންހެން)
1- ހެޑް ކޯޗް. 1- ހެޑް ކޯޗް.
2- އެސިސްޓެންޓް ކޯޗް. 2- އެސިސްޓެންޓް ކޯޗް.
* އަންޑަރ 16 ނެޝަނަލް ޓީމް (ފިރިހެން) * އަންޑަރ 19 ނެޝަނަލް ޓީމް. (ފިރިހެން)
1- ހެޑް ކޯޗް. 1- ހެޑް ކޯޗް.
2- އެސިސްޓެންޓް ކޯޗް. 2- އެސިސްޓެންޓް ކޯޗް.
މިގޮތުން މި ޓީމްތަކަށް ހޮވޭ ކޯޗުންނަކީ، 2017 އަދި 2018 ވަނަ އަހަރު އެ ޓީމްތައް ކުޅެންޖެހޭ އެކިއެކި މުބާރާތްތަކަށް ޓީމް ތައްޔާރުކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކޯޗުންނެވެ. މި މަޤާމްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ހުންނަންވާނެއެވެ.
1- ދިވެއްސަކަށްވުން.
2- ހެޑް ކޯޗުން: އެފް.އައި.ވީ.ބީ ކޯޗާރސް ލެވެލް 1 ސެޓިފިކެޓް ހާސިލުކޮށްފައިވުން.
އެސިސްޓެންޓް ކޯޗުން: އެފް.އައި.ވީ.ބީ ކޯޗާރސް ލެވެލް 1 ސެޓިފިކެޓް ހާސިލުކޮށްފައިވުން ނުވަތަ ފުރަތަމަ ޑިވިޝަން ފެންވަރުގައި ވޮލީބޯޅަ ކުޅުމުގެ ތަޖުރިބާ ލިބިފައިވުން.
3- ވޭތިވިޔެ 2 އަހަރުދުވަހު ވީ.އޭ.އެމް އިން އިންތިޒާމްކޮށް ހިންގާފައިވާ އެކިއެކި މުބާރާތްތަކުގައި ކޯޗް ކޮށްދީފައިވުން.
4- ޔޫތް ވޮލީބޯޅަ ޓީމްތައް ތަމްރީންކުރުމުގެ ތަޖުރިބާ އާއި ޝައުޤު ހުރުން.
މަތީގައިވާ ބަޔާންކުރެވިފައިވާ ޔޫތު ނެޝަނަލް ޓީމްތައް އެކުލަވައިލުމަށް ކޯޗުންގެގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތައް، 2017 މެއި 11 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، އެފަރާތެއްގެ ވަނަވަރާއި އެކު ޝަރުޠުތައް ހަމަވާކަން ބަޔާންކޮށް މިއެސޯސިއޭޝަންއަށް ހަށަހެޅުން އެދެމެވެ.