ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
12 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މި އިޢުލާންވަނީ 09 މޭ 2017 12:38 ގައި ބާތިލް ކުރެވިފައެވެ.


GS-72/PTA/2017/04: ނަމްބަރ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

12 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މި ސްކޫލަށް 12 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިއުލާން ނަންބަރު GS-72/PTA/2017/02 އާއި ގުޅިގެން ބިޑް ހުށައެޅި ފަރާތްތަކުން ހުށައަޅާފައިވާ ރޭޓުތައް މާބޮޑުކަމުގައި ބެލެވޭތީ އެއިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ.

ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.  އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީހިސާބު ހުށައެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށައެޅުމާއި ބަލައިގަތުން

2017 މެއި 07 ވާ އާދިއްތަ ދުވަހުގެ 13:00 އަށް

2017 މެއި 11 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528041 ނަންބަރު ފޯނަށެވެ.

06 ޝަޢުބާން 1438

02 މެއި 2017

 

02 މޭ 2017
ހޯދާ