މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

 

އިޢުލާން

އަންދާސީ ހިސާބު

ނަންބަރު: IUL)30-C/30/2017/52)

ތާރީޚް: 2 މޭ 2017

 

 

ގއ. މަޓުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޭންގު ހެޗަރީގެ ސައިޓް ޕްލޭން ތައްޔާރުކޮށް، ބައެއް އިމާރާތްތަކުގެ އާކިޓެކްޗަރަލް / ސްޓްރަކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުވެގެން ކުރެވުނު ނަންބަރު (IUL)30-C/30/2017/31 އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސި ހިސާބު ހުށަހެޅުމަށް ބޭފުޅުން ވަޑައިގެންފައި ނުވާތީ މި އިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ. 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 މޭ 2017 ވާ އާދީއްތަ ދުވަހުގެ 9:00 އަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 09 މޭ 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީ އަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

‏02 މޭ 2017

02 މޭ 2017
ހޯދާ