ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
5ބޮޑު ދޮރާއި ދޮރުފަތްތައް މަރާމާތު ކުރުން

g

 

                                                                           ކުނަހަންދޫ ސްކޫލު

ލ. ކުނަހަންދޫ

GS-184/IUL/2017/10

އިޢުލާން

5ބޮޑު ދޮރާއި ބޮޑު ދޮރުފަތްތަށް މަރާމާތު ކޮއްދޭނެ ފަރާތެއް ހޯއްދުން

 

މިސުކޫލުގެ 5 ބޮޑު ދޮރާއި ދޮރުފަތްތަށް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ނަމްބަރ GS-184/IUL/2016/34 ( 14 ޑިސެމްބަރ 2016 )ގެ އިޢުލާނު އާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލްކޮއް އަލުން އިޢުލާން ކުރީމެވެ .ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މެއި 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ކުނަހަންދޫ ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މެއި 22 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އައުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރު ވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހިފައިގެން ޙާޒިރުވުން އެދެމެވެ.

މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6800744 ނަންބަރަށެވެ.

#

ޕޮއިންޓް ދިނުމުގައި ބެއްލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

65

2

މަސައްކަތުގެ މުއްދަތަށް

25

3

މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް

5

4

މަސައްކަތުގެ ތަޖުރިބާއަށް

5

 

ޖުމްލަ (ސަތޭކަ)

100

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ސައުބާން 1438

02 މެއި 2017

ސަތިސް ބާބޫ    

ޕްރިންސިޕަލް    

admin@kunahandhooschool.edu.mv  އީ-މެއިލް     ފެކްސް 6800744        ފޯން 6800744 ލ. ކުނަހަންދޫ ސްކޫލް   

02 މޭ 2017
ހޯދާ