މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކް ގިންތި ކުރާނެ ގޮތުގެ ތަފްޞީލް

އިޢުލާން

 

ދިވެހި ރާއްޖޭގެ އެކްސްޕޯޓް/އިމްޕޯޓް ޤާނޫނު (ޤާނޫނު ނަމްބަރު  31/79 ) އަށް 13 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު އާއި  ގުޅިގެން ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކް ގިންތި ކުރާނެ ގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ. އަދި މި އިޢުލާނާއި ގުޅިގެން މިބާވަތުގެ މުދާ ގިންތިކުރާނެގޮތް ބަޔާންކޮށް މިއޮފީހުން ޢާންމުކޮށްފައިވާ އުސޫލުތައް ބާތިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ސޮފްޓް ޑްރިންކްސް

ސޮފްޓް ޑްރިންކްސް އަކީ ތިރީގައިވާ ބާވަތްތައް ފިޔަވައި އެހެނިހެން ތައްޔާރީ ބުއިންތަކެވެ.

  • ޖޫހާއި، ކިރާއި، ކިރު އެކުލެވިގެންވާ (Milk based beverages) ބުއިންތަކާއި، ބަނގުރާ އެކުލެވިގެންވާ  ބުއިންތަކާއި،ފެނާއި، ކޮފީ އާއި، ކޮފީ ސަބްސްޓިޓިއުޓް އާއި، ސައިގެ ބާވަތްތަކާއި، ކޮކޯއާއި ޗޮކްލެޓް ހިމެނޭ ބުއިންތައް އަދި އެނާރޖީ ޑްރިންކްސް ގެ ގޮތުގައި ބެލެވޭ ބުއިންތައް

 

Unit

Duty

Description

HS Code

LTR

4 RUFIYA 60 LAARI PER LTR

SOFT DRINK

2202101200

 

އެނާރޖީ ޑްރިންކްސް

 އެނާރޖީ ޑްރިންކްސް އަކީ ސޮފްޓް ޑްރިންކްގެ ތެރެއިން ކެފެއިން، ޓޯރިން، ގުއާރާނާ، ވިޓަމިން އަދި މިނޫން ވެސް މިފަދަ އެހެން ތަފާތު މާއްދާތައް އެކުލެވޭ، އޭގެ ސަބަބުން ހަށިގަނޑަށް އަވަހަށް ހަކަތަ ލިއްބައިދޭ ބުއިންތަކެވެ. މިފަދަ ބުއިންތައް ގިންތިކުރުމުގައި އެ ބުއިންތަކުގައި ކެފެއިން އެކުލެވޭ މިންވަރާއި، އެހެެނިހެން ސްޓިމިއުލެންޓްސް (ޓޯރިން، ގުއާރާނާ ފަދަ މާއްދާތައް) އެކުލެވޭ މިންވަރާއި އޭގެ ލޭބަލް ކުރެވިފައިވާ ގޮތާއި އެ މުދާ މާކެޓްކޮށް ބްރޭންޑްކުރެވޭ ގޮތަށް ބެލެވޭނެއެވެ.

 މިގޮތުން ތައްޔާރީ ބުއިމެއް އެނާރޖީ ޑްެރިންކްސްގެ ގޮތުގައި ލޭބަލް ކުރެވިފައިވާނަމަ، ގިންތި ކުރެވޭނީ އެނާޖީ ޑްރިންކްސްގެ ގޮތުގައެވެ. އަދި ކަނޑައެޅިގެން ލޭބަލްގައި އެނާޖީ ޑްރިންކް ކަމުގައި ބަޔާންކުރެވިފައި ނެތް ނަމަވެސް  (މިސާލަކަށް ހަމައެކަނި ޑްރިންކް ނުވަތަ ސޮފްޓް ޑްރިންކްގެ ގޮތުގައި ލޭބަލް ކުރެވިފައި ވީނަމަވެސް) އެ ބުއިމަކީ އާންމު ގޮތެއްގައި އެނާރޖީ ޑްރިންކް ގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި މާކެޓްކުރެވޭ ބުއިމެއްނަމަ ގިންތި ކުރެވޭނީ އެނާރޖީ ޑްރިންކްސް ގެ ގޮތުގައެވެ.

އާންމުކޮށް އެނާރޖީ ޑްރިންކެއްގެ ގޮތުގައި މާކެޓް ކުރެވޭ ބުއިމެއް، އެ ނޫން ގޮތަކަށް ލޭބަލް ކޮށްގެން އިމްޕޯޓްކުރާ ހާލަތުގައި، އެ ބުއިމަކީ ދުނިޔޭގެ ބާޒާރުގައި އެނާރޖީ ޑްރިންކްސް ނޫންގޮތަށް މާކެޓް ކުރެވޭ ބުއިމެއްކަން ސާބިތު ކޮށްދިނުމަކީ މުދާ އެތެރެކުރާ ފަރާތުގެ ޒިންމާއެކެވެ. އެފަދައިން ސާބިތު ކޮށް ނުދެވޭނަމަ، އެ ޑްރިންކެއް ގިންތި ކުރެވޭނީ އެނާރޖީ ޑްރިންކްސްގެ ގޮތުގައެވެ.

 

Unit

Duty

Description

HS Code

LTR

33 RUFIYA 64 LAARI PER LTR

ENERGY DRINK

2202101100

 

          ވީމާ، މިބާވަތްތަކުގެ މުދާ ދިވެހިރާއްޖެއަށް އިމްޕޯޓްކުރެއްވުމަށް ކަސްޓްމްސް ގުޑްސް ޑިކްލަރޭޝަން ފުރިހަމަ ކުރެއްވުމުގައި މަތީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން ޢަމަލުކުރައްވަމުން ގެންދިޔުމަށް ދެންނެވީމެވެ.

                          04  ޝައުބާން  1438 

                         30    އޭޕްރިލް  2017 

30 އޭޕްރިލް 2017
ހޯދާ