ދިވެހިރާއްޖެ
އިޢުލާން
ގްރެޖުއޭޝަން ގައުން ފަހައިދޭނޭ ފަރާތެއް ބޭނުންވެއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނެޝަނަލް އިންސްޓިއުޓް އޮފް އެޑިޔުކޭޝަންގެ ބޭނުމަށް ގްރެޖުއޭޝަން ގައުން ފަހައިދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.
މަޢުލޫމާތު ސާފުކުރުން:
މައުލޫމާތު ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 4 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގް ރޫމް 1 (9 ވަނަ ފަންގިފލާ، ވެލާނާގެ) ގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
ގްރެޖުއޭޝަން ގައުން ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށައެޅުމަށް އެކަމަށް ޚާއްސަކުރެވިފައިވާ ބިޑް ފޯމު ފުރިހަމަކުރުމަށްފަހު، ހުށައަޅަން ވާނެއެވެ. މީގެ އިތުރުން ބޭނުންވާ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނޭނެއެވެ. މި ލިޔުންތައް ހޯދުމަށް އެދި [email protected] ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ބިޑް ފޯމު ފުރިހަމަކޮށް ހުށަނާޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކުރައްވާފައެވެ.
ޕްރޮޖެކްޓް ކޯޑިނޭޓަރ
ކޯޑިނޭޝަން ސަޕޯޓް ޔުނިޓް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އިޢުލާން ނަންބަރ:
ބިޑް ހުޅުވުން:
އަންދާސީ ހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 9 މެއި 2017 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މީޓިންގ ރޫމް 1 (9 ވަނަ ފަންގިފލާ، ވެލާނާގެ) ގައެވެ. މިގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ. އަދި ބިޑް ފޯމު ފުރިހަމަކޮށް ހުށަނާޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341316، 3341318 ނަންބަރު ފޯނަށެވެ. ނުވަތަ އީމެއިލް ކުރައްވާނީ: [email protected] ނުވަތަ [email protected] އީމެއިލް އެޑްރެހަށެވެ.
4 ޝަޢުބާން 1438
