ދިވެހިރާއްޖެ
ނަންބަރު: (IUL)241-A/241/2017/6
އިޢުލާން
މަޤާމް: ލޯންޗް ފަޅުވެރި ( ކޮންޓްރަކްޓް އުސޫލުން )
ބޭނުންވާ ޢަދަދު: 01
ވަޒީފާ އަދާކުރަންޖެހޭ ތަން: ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ
ރޭންކް: SS2
ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 2
އަސާސީ ޝަރުޠު: - ލިޔަންކިޔަން ދަތުމާއި، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު ކަނޑުއުޅަދު ދުއްވުމުގެ ކެޓަގަރީ އޭ އާއި ބީ ޙާޞިލްކޮށްފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 1 ރޭންކްގެ ޝަރުޠު ފުރިހަމަވެ އެރޭންކްގައި މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު އެސް.އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާ އެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހަކު ކަމުގައިވުން.
މަޤާމުގައިކުރަންޖެހޭމައިގަނޑުމަސައްކަތް: - 1- އަތޮޅު ކައުންސިލްގެ އިދާރާގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް ( ކައުންސިލް އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން ) ކުރުމުގައި ފަޅުވެރިއަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
2- އަތޮޅު ކައުންސިލް އިދާރާގެ އުޅަނދުފަހަރުން ދަތުރުކުރާއިރުގަ އާއި ފަޅުގައި އޮންނައިރު، އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ނެވި އިންތިޒާމްކޮށް އަންގާ ގޮތުގެ މަތިން ކުރުން.
3- ދަތުރު ނުކުރާ ބަންދު ނޫން ދުވަސްތަކާއި ގަޑިތަކުގައި އިދާރާއިން އަންގާ ގޮތެއްގެ މަތިން އިދާރާއިން އަންގާ ރަސްމީ މަސައްކަތް ކުރުން.
5- އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވާ ގޮތަށް ކުރެވޭ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ، ޒިންމާދާރުވެރިޔާގެ އިރުޝާދުގެ މަތިން، ރަސްމީ ކަންކަމުގައި ޙަރަކާތްތެރިވުން.،
6- ދިވެހި ސިވިލްސަރވިސްގެ ޤާނޫނާއި ޤަވާއިދުގައި ކަނޑައެޅިފައިވާ ކަންތައްތައް އޮޅުން ފިލުވައި އެއާއެއްގޮތަށް ވަޒީފާގެ މާހައުލުގައި ޢަމަލުކުރުން.
އުޖޫރައާއި އިނާޔަތްތައް: މުސާރައަކީ މަހަކު -/3470 ރުފިޔާއެވެ. މީގެއިތުރުން ސަރވިސް އެލަވަންސް -/1000 ރުފިޔާ އާއި ދަތުރު އެލަވަންސާއި އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ އާއި ހާޑްޝިޕް އެލަވަންސް ލިބޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
1- މަސައްކަތާއިގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
2- އިންޓަވިއުއިން ލިބޭ މާކްސް
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: ތަން: ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާ
މުއްދަތު: މިއިޢުލާނަށް އިޖާބަ ދިނުމުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި
- ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
- ފަޒީފާއަން އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އިމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒިފާއަން އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތްއް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއަލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެތްފިކެޓްތަކުގެ ކޮޕީ.
(ހ) މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލިމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރައްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިނަގާ ރާއްޖެއިންބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެތްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮއްގެން ހިންގާ މަތީތަޢުލީމްދޭ މަރުކަޒުތަކުން ކުރިއައްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރުމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕި.
6 ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
7 ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަނަގައި ދިނިމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
8 މަސައްކަތުގެ ތަޖުރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސްއިން ބޭރުވަޒީފާއެއް އަދަކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ފަޒިފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
08 މެއި 2017ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ގއ. އަތޮޅު ކައުންސިލްގެ އިދާރާއަށް ފޯރމް ހުށަހެޅުއްވުން
އެދެމެވެ. ފޯރމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
30 އޭޕްރީލް 2017