ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްތަޢާވުން މަރާމާތުކޮށް ކުލައާއި ދަވާދު ލުން

އިޢުލާން

 

މަސްޖިދުއްތަޢާވުނު މަރާމާތުކޮށް ކުލައާއި ދަވާދު ލުން

 

މަސްޖިދުއްތަޢާވުނުގެ ބައެއް މަރާމާތުތައް ކޮށް މިސްކިތާއި މުންނާރުގައި ކުލައާއި ދަވާދު ލުމަށް ބޭނުން ވެގެން ކުރި ނަމްބަރ (IUL)248-CAFA/248/2017/30  ( 30 މާރިޗު 2017 ) ގެ އިޢުލާނަށް އިޖާބަ ދީފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 މެއި 2017 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 11 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 11:45 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ( ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތްތަކާއެކު ) ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް މަސްޖިދުއްތަޢާވުނު މަރާމާތު ކުރުމާއި މިސްކިތާއި މުންނާރުގައި ކުލައާއި ދަވާދު ލުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

02 ޝަޢުބާން 1438

28 އެޕްރީލް  2017 

30 އޭޕްރިލް 2017
ހޯދާ