ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގެ ފެންސްދާ އާކުރުމާއި ކުލަލުމުގެ މަސައްކަތް

އިޢުލާން

ފުޓްސަލްދަނޑުގެ ފެންސްދާ އާކުރުމާއި ކުލަލުމުގެ މަސައްކަތް ކުރުން:

                     މިރަށު ފުޓްސަލް ދަނޑުގެ ފެންސްދާ އާކޮށް އަދި  ވަށާފާރުގައި ކުލަލުމުގެ މަސައްކަތް

ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)384-A/2017/24 (26-04-2017) އިޢުލާން ބާޠިލްކޮށް

އަލުން އިޢުލާން ކުރަމެވެ.

                     ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޭޕްރީލް 2017ވާ އާދީއްތަ ދުވަހުގެ 13:00އަށް

މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރުމަށްފަހު، 3 މެއި 2017ވާ ބުދަ ދުވަހު 13:00އަށް

މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

                     މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް

ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

               01 ޝަޢުބާން 1438  

            27 އޭޕްރިލް 2017

27 އޭޕްރިލް 2017
ހޯދާ