ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ޕަބްލިކް ވަރކްސް ސަރވިސަސްގެ ނަންބަރު (IUL)447-PR/1/2017/36 އިޢުލާންއާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިޢުލާންކުރަމެވެ.
ޕަބްލިކް ވަރކްސް ސަރވިސަސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި މެޝިނަރީތައް ރަށްރަށަށް ގެންގޮސް ގެނައުމަށް ކުރާ ވަކި ވަކި ދަތުރުތަކަށް 200ޓަނަށްވުރެ ކުޑަނޫން ކޮޅުވެއްޓިއެއް ކުއްޔަށް ހިފަންބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 މެއި 2017 ވާ އަންގާރަ ދުވަހުގެ 13:30އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ރަސްމީ ގަޑީގައި މި ސަރވިސަސްގެ ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެއެވެ.
01 ޝައުބާން 1438
27 އެޕްރީލް 2017