ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ 2 ވޮލީ ކޯޓާއި ނެޓް ބޯޅަ ކޯޓް އެޅުމާއި ބެހޭ

އިޢުލާން

 

އިހަވަންދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ 2 ވޮލީ ކޯޓާއި ނެޓް ބޯޅަ ކޯޓް އެޅުމާއި ބެހޭ

 

އިހަވަންދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ 2 ވޮލީ ކޯޓާއި ނެޓްބޯޅަ ކޯޓް އަޅަން ބޭނުން ވެގެން މިއިދާރާއިން ކުރި ނަމްބަރ (IUL)248-CAFA/248/2017/22  ( 27 ފެބްރުއަރީ 2017 ) ގެ އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައަޅުއްވާފައި ވަނީ އެންމެ ފަރާތަކުން ކަމަށް ވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 މެއި 2017 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 11 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ( ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތްތަކާއެކު ) ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް އިހަވަންދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ 2 ވޮލީ ކޯޓާއި ނެޓްބޯޅަ ކޯޓް އެޅުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

29 ރަޖަބު   1438

26 އެޕްރީލް  2017

27 އޭޕްރިލް 2017
ހޯދާ