ދިވެހިރާއްޖެ
ނަންބަރު: IUL)30-G/30/2017/46)
މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދުން
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ.އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު 27 އެޕްރީލް 2017 ފެށިގެން 4 މޭ 2017 އަށް ހުޅުވާލަމެވެ. މިކަމަށް އެދި ލޯނަށް އެދޭ ފޯމާއި، ލޯނާއި ބެހޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv އިންނާއި ލޯނު އަމާޒުކުރެވޭ ލ.އިސްދޫގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ލ.އިސްދޫގައި ކުރާއިރު، ލ.އިސްދޫއިން ޖުމްލަ 50 ފަރާތަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. މޮގޮތުން ފުރަތަމަ ހުޅުވާލެވުނު ފުރުސަތުން ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޖުމްލަ 35 ފަރާތެއްވަނީ ލ. އިސްދޫއިން މި މަސައްކަތް ކުރުމަށް ހޮވިފައެވެ. މިގޮތުން ދެވަނަ ބުރުގެ މި އިއުލާން މި ކުރެވެނީ ލ.އިސްދޫއިން އިތުރު 15 ފަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށިއެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑައެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.
ލޯނަށް އެދި ފޯމު ހުށަހަޅާނީ ލ. އިސްދޫ ކައުންސިލްގެ އިދާރާއަށެވެ. ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 4 މޭ 2017 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިންނެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުން، ޝަރުތު ހަމަވާ ފޯމްތައް ވަޒަންކޮށް، ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.
ލޯނު ދޫކުރުމުގެ މަރުހަލާގައި ލ.އިސްދޫއިން އިތުރު 15 ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާފައިވާ ފަރާތްތައް ތިރީގައި ބަޔާންކުރާ މިންގަނޑުތަކުން ވަޒަންކުރުމަށް ފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ 15 ފަރާތަކަށެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މިމަސައްކަތަށް ދޫކުރާ ލޯނު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަ ވާންޖެހޭނެއެވެ. މި ޝަތުރު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމު ބާތިލުކުރެވޭނެއެވެ.
- ފޯމު ހުށަހަޅާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނެއް މިވަގުތު އަދާކުރަމުންދާ ފަރާތެއްނަމަ، މުޅި ލޯނުގެ %50 އަދާކޮށްފައިވާ ފަރާތެއްކަމުގައިވުން
- ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން
- ލ.އިސްދޫގައި ދިރިއުޅޭ ރައްޔިތެއްކަމުގައި ވުން
މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ވަޒަންކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.
5 |
|
40 |
|
40 |
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލޯނެއް ނަގާފައި ނުވާ ފަރާތްތަކަށާއި، ނަގާފައިވާ ލޯނު ގަވާއިދުން އަދާކުރަމުންދާ ފަރާތްތަކަށް |
30 |
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި އެއްފަހަރު ލަސްވެފައިވާ ފަރާތްތަކަށް |
20 |
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ދެފަހަރު ލަސްވެފައިވާ ފަރާތްތަކަށް |
15 |
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ތިންފަހަރަށްވުރެ ގިނައިން ލަސްވެފައިވާ ފަރާތްތަކަށް |
0 |
އަދި ލޯނަށް އެއްވެސްވަރަކަށް ފައިސާ ނުދައްކާ ފަރާތެއްވާނަމަ. |
30 |
|
30 |
އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ އާމްދަނީ ލިބޭ ފަރާތްތަކަށް |
20 |
އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ ފައިސާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް |
25 |
|
25 |
ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
10 |
ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
0 |
ތިން އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް |
- ޕޮއިންޓުގެ ގޮތުން އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ނުވަތަ ފަރާތްތަކެއް ހޮވަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ މާލީ ހާލަތަށް ބަލައި އާމްދަނީ ދަށް ފަރާތްތަކަށް އިސްކަން ދީގެންނެވެ.
- މި ޕްރޮޖެކްޓް ގެ މަގްޞަދުގައި ގިނަގޭބިސީއަށް ފުރުސަތު ދިނުން ހިމެނިފައިވާތީ، ފުރަތަމަ ބުރުގައި ހޮވިފައިނުވާ ގޭބިސީތަކަށް ދެވަނަ ބުރުގައި އިސްކަންދެވޭނެއެވެ.
- ފުރަތަމަ ބުރުގައި ހޮވިފައިވާ ގޭބިސީއަކުން ދެވަނަ ބުރަށްވެސް ކުރިމަތި ލުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެ ފަރާތްތަކަށް އިސްކަންދެވޭނީ އަލަށް އެދިފައިވާ ގޭބިސީތަކަށް އިސްކަންދީފައެވެ.
މިލޯނާއި ބެހޭގޮތުން އިތުރު ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސްދުވަހުގައި 14:00 ގެ ކުރިން 3341836 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ދޫކުރެވޭ ލޯނާ ބެހޭ މައުލޫމާތު
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭއަށް މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް އެސިނާޢަތް ތަރައްޤީކުރުމަށް މަގުފަހިކުރުމާއި، މެރިކަލްޗަރގެ މަސައްކަތްތަކުން ރައްޔިތުންނަށް އާމްދަނީ ލިއްބައިދިނުމެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި މަޝްރޫއިން ހިންގާ އެންމެ މުހިއްމު ދެހަރަކާތަކީ މިނިސްޓްރީއާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ހުއިފިލަނޑާއާއި ފާނަ އާލާކުރުމެވެ. މިގޮތުން، އަޖުމަ ބެލުމުގެ ގޮތުން ހުއިފިލަނޑާ ބޮޑުކުރުކުގެ މަސައްކަތް ލ. ދަނބިދޫއާއި ލ. ކަލައިދޫގައި ފެށުމަށްފަހު ލ.އިސްދޫގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިތިން ރަށުގެ ރައްޔިތުންގެ ތެރޭން ހުއިފިލަނޑާ ބޮޑުކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނު ދިނުމުގެ ބޭނުމަކީ ހުއިފިލަނޑާ ބޮޑުކޮށް ވިއްކައިގެން އެފަރާތްތަކުގެ އާމްދަނީ އިތުރުކުރުމެވެ. މިލޯނާއި ގުޅޭ މުހިންމު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
1- ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ލ.އިސްދޫގައި ކުރާއިރު މިރަށުން ޖުމްލަ 50 ފަރާތަށް ލޯނުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ފުރަތަމަ ބުރުގައި ލ.އިސްދޫއިން 35 ފަރާތަކަށް ފުރުސަތުވަނީ ލިބިފައެވެ. އަދި ދެވަނަ ބުރުގައި އިތުރު 15 ފަރާތަކަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
2- މިފިޔަވަހީގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މެރިކަލްޗަރގެ ދާއިރާގައި ޙަރަކާތްތެރިވާން ބޭނުން ލ.އިސްދޫގެ ފަރުދުންނަށެވެ.
3- "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލޯނު ދޫކުރުމުގައި މެރިކަލްޗަރގެ ދާއިރާގައި ޙަރަކާތްތެރިވާން ބޭނުން އަންހެނުންނަށް އިސްކަންދެވޭނެއެވެ. މިގޮތުން ދޫކުރެވޭ ލޯނުގެ ތެރެއިން 30 އިންސައްތަ ދިނުމަށް ހަމަޖެހިފައިވަނީ އަންހެނުންނަށެވެ.
4- ލޯނުގެ ގޮތުގައި ކޮންމެ ފަރާތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 50,000 (ފަންސާސް ހާސް) ރުފިޔާއަށްވާ ތަކެއްޗެވެ. އެއީ 24,000 (ސައްވީސްހާސް) ރުފިޔާގެ މަގުން އަގުކޮށްފައިވާ ހުއިފިލަނޑާ ބޮޑުކުރާ ކޮށްޓަށް ބޭނުންވާ ތަކެއްޗާއި، 26,000 (ސައްބީސްހާސް) ރުފިޔާގެ މަގުން އަގުކޮށްފައިވާ ކުދި ހުއިފިލަނޑާއެވެ.
5- ލޯނު ދައްކަންޖެހޭނީ ނަގުދު ފައިސާއިންނެވެ.
6- މިފިޔަވަހީގެ ދަށުން ދޫކުރާ ލޯނުގެ އިންޓްރަސްޓް ރޭޓަކީ %6 އެވެ.
7- ލޯނު އަދާކުރާއިރު 12 (ބާރަ) މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް (މުއްދަތެއް) ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައިވެސް އިންޓްރެސްޓަށްވާ ފައިސާ ދައްކަން ޖެހޭނެއެވެ.
8- މިފިޔަވަހީގެ ދަށުން ދޫކުރާ ލޯނު އަދާކުރުމުގެ އެންމެ ދިގު މުއްދަތަކީ 18 (އަށާރަ) މަހެވެ. މިމުއްދަތު ބެލޭނީ ގްރޭސް ޕީރިއަޑްގެ 12 (ބާރަ) މަސް ހިމެނޭ ގޮތަށެވެ.
9- މިފިޔަވަހީގެ ދަށުން ލޯނު ލިބޭ ފަރާތްތައް ކަނޑައަޅާނީ، މިމިނިސްޓްރީގެ ފަރާތުން ފޯމުތައް ވަޒަން ކުރުމަށްފަހު މިނިސްޓްރީންއެވެ.
10- މިފިޔަވަހީގެ ދަށުން ލޯން ލިބޭ ފަރާތްތައް ކުރިން ލޯނެއް ނަގާފައިވާނަމަ އެލޯނު އަދާކުރަމުންދާ/އަދާކޮށްފައިވާ ގޮތަށް ބެލެވޭނެއެވެ. އަދި މިހާރު ލޯނެއް އަދާކުރަމުން ދާނަމަ، އެލޯނުގެ 50 އިންސައްތަ އަދާކޮށްފައި ނުވާ ފަރާތްތަކަށް މިފިޔަވަހީގެ ދަށުން ލޯން ދުލެއް ނުކުރެވޭނެއެވެ.
11- މިފިޔަވަހީ ދަށުން ލޯނަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަންނާނީ ރަށު ކައުންސިލްގެ އިދާރާއިންނެވެ.
12- ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އާއެކު ސޮއިކުރެވޭ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.
13- މިލޯންއަށް އެދެވޭނީ އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިވެހިންނަށެވެ.
14- ލޯނަށް އެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
15- މިލޯނުގެ ދަށުން ލިބޭ ތަކެއްޗާއި ސާމާނު ބޭނުންކުރަންވާނީ ހަމައެކަނި ލޯނު ދޫކުރި މަޤްޞަދް ހާސިލުކުރުމަށެވެ.
16- ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓެއް ބޭނުންކުރާ ފަރާތެއްނަމަ، ލޯނުލިބޭކަން އަންގާ ދުވަހުން ފެށިގެން މަދުވެގެން 1 ހަފްތާ ތެރޭގައި އެކައުންޓް ނަންބަރާއި ތަފްސީލްތައް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްއަށް އަންގަންވާނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގައި ވާ އެކައުންޓަކީ 7776 ނަންބަރުން ފެށޭ އެކައުންޓެނަމަ އެނޫން އެކައުންޓެއް ހުޅުވައި އަދި އެކައުންޓް ނަންބަރާއި ތަފްސީލްތައް، ލޯނުލިބޭކަން އަންގާ ދުވަހުން ފެށިގެން މަދުވެގެން 2 ހަފްތާގެ ތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްއަށް އަންގަންވާނެއެވެ.