މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިންޓާންޝިޕް ފުރުޞަތު

 

އިންޓާންޝިޕް ފުރުޞަތު

ނަމްބަރު : (IUL)30-F/30/2017/47

ތާރީޚް : 26 އެޕްރީލް 2017

ދަނޑުވެރިކަމުގެ މަސައްކަތުން ދަނޑުވެރިންނަށް ލިބޭ މަންފާ އިތުރުކޮށްދިނުމަށްޓަކައި ދަނޑުވެރިންގެ މައުލޫމާތާއި ހުނަރު އިތުރުކުރުމަށް ތަފާތު ޕްރޮގްރާމްތައް މިމިނިސްޓްރީން ދަނީ ހިންގަމުންނެވެ. މިޕްރޮގްރާމްތަކުގެ ތެރެއިން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އަމަލީ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމުގެ ހުނަރު އިތުރުކުރުމާއި އަމަލީ ތަޖުރިބާ ޙާޞިލް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 1 ޖުލައި 2017 އިން ފެށިގެން 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހުޅުވާލެވޭ މިފުރުޞަތުގައި މިއަހަރު 2 ދަނޑުވެރިއަކަށް ފުރުޞަތު ދިނުމަށްވަނީ ނިންމާފައެވެ. މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރުފަތުރާއި ހުރުމާއި ކެއުން އަދި މަހަކު 4,000.00 ރުފިޔާގެ އެލަވަންސެއް 6 މަސްދުވަހުގެ މުއްދަތަށް މިމިނިސްޓްރީން ހަމަޖައްސާދެވޭނެއެވެ.

 

ޝަރުތު:

 

އަސާސީތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރުން

އަމަލީ މައިދާނުގައި މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި ބޭފުޅަކަށްވުން

6 މަސްދުވަހުގެ މުއްދަތަށް ރަށުން ބޭރުގައި ހޭދަކުރެވޭނެ ބޭފުޅަކަށްވުން

ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށްގޮސް ރަށުގެ ދަނޑުވެރިންނަށް ނަމޫނާ ދެއްކުން

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް ސަރުކާރު ރަސްމީ ގަޑީގައި (8:00 އިން 14:00 އަށް) މިމިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓްއިން ލިބިލައްވާނެ,، އަދި މި އިޢުލާނާއި އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.)

ތައުލީމީ އަދި ފަންނީ ސެޓިފިކެޓެއް ލިބިފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ

ސުންގަޑި:  18 މެއި 2017 ގެ 14:00ގެ ކުރިން

 

 

26 އޭޕްރިލް 2017
ހޯދާ