ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ރިލީފް ޓީޗަރ (ޕްރައިމަރީ ޓީޗަރ)
ރިލީފް ޓީޗަރުން ހޯދުމަށް:
މަޤާމް: ރިލީފް ޓީޗަރ (ޕްރައިމަރީ ޓީޗަރ)
ބޭނުންވާ އަދަދު: 01 (އެކެއް)
ވަޒީފާ އޮތް އޮފީސް: ދުވާފަރު ޕްރައިމަރީ ސްކޫލް / ރ. ދުވާފަރު
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (3 މަސް ދުވަސް)
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްސަން (ދުވާފަރު ޕްރައިމަރީ ސްކޫލް)
ވަޒީފާއާބެހޭ އާއްމު މަޢުލޫމާތު:
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުތު |
މަޤާމުގެ އަސާސީ މުސާރަ |
ސާވިސް އެލަވަންސް |
ރިލީފް ޓީޗަރ
|
GS2 |
އޮފިސަރ ގްރޭޑް 1 |
ސާނަވީ ތަޢުުލީމް ފުރިހަމަކުރުން. * ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 10ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވުން. ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
-/4500ރ |
-/1500ރ |
ރިލީފް ޓީޗަރ
|
GS2 |
އޮފިސަރ ގްރޭޑް 1 |
މަތީ ސާނަވީ ތަޢުުލީމް ފުރިހަމަކުރުން. * ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވުން. |
-/5500ރ |
-/1500ރ |
ރިލީފް ޓީޗަރ |
GS2 |
އޮފިސަރ ގްރޭޑް 1 |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 4ގެ ސަނަދެއް ހާސިލްކުރުން. |
-/6090ރ |
-/2500ރ |
އުޖޫރައާއި ޢިނާޔަތްތައް:
ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން މުސާރައާއި އިތުރުގަޑިއާއި އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: މިމަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސްޢޫލިއްޔަތަކީ ކިޔަވައިދުނުމާއި ދަރިވަރުން ކުރިއަރުވައި ތަރުބިއްޔަތު ކުރުމަށް ސްކޫލްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ދަރިވަރުން ވާޞިލްކޮށްދިނުމަށް ކުރަޖެހޭ އެންމެހައި ކަންތައްތައް ރާވައި ތައްޔާރުކޮށް ކިޔަވައިދީ ވަޒަންކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލުމުގެ އިތުރުން ސްކޫލުން ކުރިއަށް ގެންދާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ މަސްޢޫލިއްޔަތު އުފުލުމެވެ. މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތައް 2017 މެއި 7ވާ އާދީއްތަ ދުވަހު މެންދުރު 13:00ގެ ކުރިން ދުވާފަރު ޕްރައިމަރީ ސްކޫލްގެ އިދާރާ އަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. (ވަޒީފާއަށް އެދޭ ފޯރމް މިސްކޫލްގެ އިދާރާއިން ލިބެން ހުންނާނެވެ.)
ސެޓްފިކެޓްތަކާ ލިޔެކިޔުންތައް އެޓެސްޓްކުރުން: ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަށް އެޓެސްޓްކުރުން އޮންނާނީ އިންޓަވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ. އިންޓަރވިއުއަށް ހޮވޭފަރާތްތަކަށް ސްކޫލުން އަންގާނެއެވެ.
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކާއި އިންޓަރވިއުކުރާނެ ތަނާއި މުއްދަތު:
މިވަޒީފާއަށް ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންޓަރވިއު އޮންނާނީ 2017 މެއި 8ވާ ހޯމަ ދުވަހު ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގައެވެ. އިންޓަރވިއު އޮންނާނެ ގަޑިއެއް ފަހުން އެންގޭނެއެވެ. ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިނަގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން މަތީ ތަޢުލީމް ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރަށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމް ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. އިތުރު މަޢުލޫމާތު:
1. ތަޢުލީމާއި ތަމްރީނު 2. މަސައްކަތު ތަޖުރިބާ 3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް. 4. ވަޒީފާ އަދާކުރައްވާ ފަރާތެއްނަމަ / ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާ ކުރެއްވިތަނުގެ ޙާޟިރީއަށް ބަލައިގެންނެވެ.
|