ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ކޮންސަލްޓެންސީ މަސައްކަތަށް މީހަކު ބޭނުންވެއްޖެ.
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ސްޓްރަކްޗަރަލް އެޑްވައިޒަރ އެންޑް ކޮންސަލްޓަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ މުޅި ދިވެހި ރާއްޖް ބައޮސްފިއަރ ރިސާރވް އަކަށް ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓްރަކްޗަރަލް އެޑްވައިޒަރ އެންޑް ކޮންސަލްޓަންޓެއް ހޯދުމަށް ބޭނުންވެއެވެ.
ސްޓްރަކްޗަރަލް އެޑްވައިޒަރ އެންޑް ކޮންސަލްޓަންޓް މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
- މެނޭޖްމަންޓް، ތިމާވެށި ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން
- ތިމާވެށީގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 ޕްރޮޖެކްޓުގައި މަސްއްކަތްކޮށްފައިވުން
- ރާއްޖޭގެ ތިމާވެށީގެ ހާލަތަށް އަދި "ޔުނެސްކޯ ބަޔޮސްފެއަރ ރިޒާވް" އަށް އަހުލުވެރިވެފައިވުން
- ކަމާބެހޭ ފަރާތްތަކާއި އެކު މަސައްކަތްތެރިކަމުގެ ބައްދަލުވުންތަކާއި، އެހެނިހެން ބައްދަލުވުންތައް ރޭވުމުގެ ތަޖުރިބާ ލިބިފައިވުން
- އެހެން މުވައްޒަފުންނާއިއެކު ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން
- ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކޮށް، ލިޔަން އެނގުން
- ރާއްޖެތެރޭގެ ރަށްރަށަށް ދަތުރުކުރެވުން
- ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތައް، އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖައްމިއްޔާތަކާއިއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ފަރިތަކޮށް ބޭނުންކުރަން އެނގުން
މަސައްކަތްތެރިކަމުގެ ބައްދަލުވުންތައް ރާވާ، ހިންގުން، އަދި މެނޭޖުކުރުމުގެ ތަޖުރިބާ ލިބިފައިވުމާއެކު، "ޕާރޓިސިޕޭޓަރީ މެތޮޑޮލޮޖީސް" އެނގުން
އުޖޫރަ
- މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް 15,000/- ރުފިޔާ ދެވޭއެވެ.
މަސައްކަތުގެ މުއްދަތު:
9 މަސް ދުވަސް
ހުށަހަޅަށްޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ފުރިހަމަ ވަނަވަރު (ތައުލީމީ ފެންވަރާއި ތަޖުރިބާއާއި ކަމާގުޅޭ ހުނަރުތައް ހިމެނޭގޮތަށް)
- މަސައްކަތަށް ހުރި ގާބިލު ކަމުގެ މަޢުލޫމާތު ( ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލާއި ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު )
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (
މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ ގޮތް
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 2017މެއި 11 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
އިތުރު މައުލޫމާތު:
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 ،3018371 އަށް ގުޅުއްވުން އެދެމެވެ.
26 އޭޕްރީލް 2017