ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓުހައުސްގައި އޭސީ ހަރުކުރުމާއި ގުޅޭ

އިޢުލާނު  

 

ގެސްޓްހައުސްގައި އޭސީ ހަރުކުރުމާއި ގުޅޭ

             ގެސްޓްހައުސްގެ 1 ވަނަ ބައި 2 ވަނަ ބައިގައި އޭސީ ހަރުކުރުމަށް ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)403-M/403/2017/41 (10 އޭޕްރިލް 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީވެ، އިޢުލާން ބާތިލް ކުރުމަށް ފަހު އަލުން އެ ފުރުސަތު ހުޅުވާލަމެވެ. ވީމާ، އޭސީ ހަރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ އަގު އެނގޭގޮތަށް މިއިދާރާއަށް ކޯޓޭޝަނެއް ހުށަހަޅުއްވުމަށް ދަންނަވަމެވެ. ކޯޓޭޝަން  ހުށަހެޅޭނެ އެންމެފަހުގެ ތާރީޚަކީ 04 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ. އެވަގުތު ހުށަހަޅުއްވާ ފަރާތްތަކުގެ ކުރިމަތީގައި ކޯޓެޝަންތައް ކެނޑުން އޮންނާނެއެވެ. ކޯޓޭޝަންއާއިއެކު ހުށަހަޅާފަރާތުގެ އައިޑީކާޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުނި، ޖަމިއްޔާ ޖަމާއަތަކުންނަމަ ރަޖިސްޓްރީކޮޕީ ހުށަހަޅަންވާނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި 6800705 ނަންބަރަށް ގުޅުއްވުން އެދެމެވެ.

             މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

             28 ރަޖަބު 1438

             25 އޭޕްރިލް 2017           

 

 

                                                         ޢަލީ ޝިފާޒް

                                                      ކައުންސިލްގެ ރައީސް

25 އޭޕްރިލް 2017
ހޯދާ