ދިވެހިރާއްޖެ
`
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ތ.ތިމަރަފުށި، ދިވެހިރާއްޖެ
ނަންބަރު: (IUL)391-FI/391/2017/9
އިޢްލާން
ހުޅަނގު ބަނދަރުގައި ބެހެއްޓިފައިވާ 02 ކޮންޓެއިނާރ ގެ ވެރިފަރާތެއް ހޯދުމާއިބެހޭ
މިރަށު ބަނދަރު ދެކުނުކޮޅު ޕޮލިސްސްޓޭޝަން ހުޅަނގުން ހުރި 02 ކޮންޓެއިނާގެ ވެރި ފަރާތެއްވާނަމަ ސާބިތުކޮށްދެވޭފަދަ ލިޔުމަކާއިއެކު މިއިދާރާއަށް ހުށަހަޅުއްވައި ވެރިފަރާތް ސާބިތުކޮށްދެއްވުމަށްފަހު، މިއަދުން ފެށިގެން 15ދުވަހުގެތެރޭގައި ވެރިފަރާތުގެ ބިމަށް ގެންދެވުމަށް ޢާންމުކޮށް އަންގާ އިޢްލާން ކުރީމެވެ.
މި މުއްދަތުގެ ތެރޭގައި މިދެ ކޮންޓެއިނާގެ ވެރިފަރާތް ސާބިތު ނުވެއްޖެނަމަ ވިއްކާލެވޭނެއެވެ. ނުވަތަ ނައްތާލެވޭނެއެވެ.
މިކަން ޢާއްމުކޮށް އަންގާ އިޢްލާންކުރީމެވެ.
27 ރަޖަބް 1438
24 އެޕްރީލް 2017
ހުސައިން ޝަރީފް
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެރައީސް