ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ.ތަކަންދޫ ޞިއްޙީމަރުކަޒުގެ އެޓެންޑެންޓް ވަޒީފާ

މަޤާމް :އެޓެންޑެންޓް
ބޭނުންވާ އަދަދު :1

ހއ.ތަކަންދޫ ޞިއްޙީމަރުކަޒު

ތަކަންދޫ - ދިވެހިރާއްޖެ

އެޓެންޑެންޓް

ނަންބަރA13-SM(IUL)/2017/01

އިޢުލާން

މަޤާމް                އެޓެންޑެންޓް 

މަޤާމުގެ ނަންބަރJ253227

ބޭނުންވާ ޢަދަދު          01 (އެކެއް)

މަޤާމުގެ ގިންތި           ދާއިމީ

މަޤާމުގެ ރޭންކް          އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން    ސަޕޯޓް ސަރވިސަސް ގްރޭޑް2

ސެކްޝަން             ހއ.ތަކަންދޫ ޞިއްޙީމަރުކަޒު

މަޤާމު އޮތް އޮފީސް        ހއ.ތަކަންދޫ ޞިއްޙީމަރުކަޒު

ވަޒީފާއަދާ ކުރާ ތަން        ހއ.ތަކަންދޫ ޞިއްޙީމަރުކަޒު

މުސާރަ                -/3470 ރުފިޔާ

ސަރވިސް އެލަވަންސް މަހަކު  -/1000 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީ މަރުކަޒުގެ ވޯޑާއި، ކޮންސަލްޓޭޝަން ރޫމް،ޑްރެސިންރޫމް،ލޭބަރ ރޫމާއި އަދި އެހެނިހެން ކުލިނިކަލް އޭރިޔާ ތައް ސާފުކޮށް ބެލެހެއްޓުން.
  2. ޞިއްޙީމަރުކަޒުގެ ވޯޑާއި، އޯ.ޕީ.ޑީ، ވާޑް، ޑްރެސިންގ ރޫމް، އަދި ލޭބަރ ރޫމުގައި ހުންނަ އެންމެހައި އިކްވިޕްމަންޓްސް މަދުވެގެން ދުވާލަކު 1 ފަހަރު ސާފޮކަށް ބެލެހެއްޓުން.
  3. އޯ.ޕީ.ޑީ އަދި ވާރޑްގައި ނަރުހުންނަށް ބޭނުންވާ ތަކެތި ވީއެންމެ އަވަހަކަށް ފޯރުކޮށް ދިނުމާއި އެތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.
  4. ބަލިމީހުން އުފުލުމުގައާއި، އެނދުމަތި ކުރެވިފައިވާ ބަލިމީހުނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމާއި އެކު ބަލިމިހުންނަށް ފަސޭހައިން ހިދުމަތް ލިބޭނެގޮތަށް މަގު ދައްކައި ދިނުން.
  5. ބަލިމީހުން އުފުލަން ޖެހިއްޖެ ހާލަތެއްގައި ބަލިމީހުން އުފުލުމާއި އަދި ޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހުން.
  6. އޯޕީޑީ މުވައްޒަފުންނާއި އަދި ވާރޑްގައި ނަރުހުންނަށް އެހީތެރިވެދިނުން.
  7. ޞިއްޙީމަރުކަޒުގައި އުފެދޭ ނުރައްކާތެރި ކުނިބުނި (އިންޖެކްޝަން، ސިރިންޖް، ވަޔަލް އަދި އައި.ވީ ލައިން ފަދަތަކެތި) ރައްކާތެރި ގޮތުގައި އިންސިނިރޭޓްކޮށް ނައްތާލުން.
  8. މަރުކަޒުގައި ބަލިމީހުން ބޭނުންކުރާ ބާލިސް، ބާލިސްއުރަ އަދި ބެޑްޝީޓް ގަވައިދުން ބަދަލުކޮށް ދޮވެސާފުކޮށް އިސްތިރިކުރުން.
  9. ޞިއްޙީމަރުކަޒުން ހިންގާ ތަފާތު ޕްރޮގްރާމް ތަކުގައި އަމަލީގޮތުން ބައިވެރިވުމާއި، އަދި ވަޒީފާގެ މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ކަންކަން ކުރުމާއި، އިސްނަގައިގެން ވަޒީފާގެ ޒިންމާ ތަކާއި މަސްޢޫލިއްޔަތު އަދާކުރުން.

10. ވަޒީފާގެ މާހަޢުލާއި ގުޅޭ ގޮތުން ޞިއްޙީމަރުކަޒުގެ އިސްވެރިން އަންގާ މަސައްކަތް ކުރުމާއި ވީވަރަކުން މަސައްކަތުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން.
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި ،އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައި ވުން.

 

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1.ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯރމް ( މިފޯމް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ހއ.ތަކަންދޫ ޞިއްޙީމަރުކަޒުންވެސް ލިބެން ހުންނާނެއެވެ. )

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް )

3.ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސް އަށް / ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްކަތުގެ ކޮޕީ:

( ހ ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި  ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )

 ( ށ ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖެގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 ( ނ ) ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

6. ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާ ދެނަގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

( ހ ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފިހަކުން ދީކޮށްފައިވާ ލިޔުން.

( ށ ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 07 މެއި 2017 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި އެފޯމާގުޅޭ ލިޔުންތައް ހއ. ތަކަންދޫ ޞިއްޙީމަރުކަޒަށްހުށަހެޅުއްވުން އެދެމެވެ.

 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2017 މެއި މަހުގެ ތެރޭގައި ހއ. ތަކަންދޫ  ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.

 

އިތުރުމަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6500567 އެވެ. އަދި ވަޒީފާއަށް އެދޭ ފޯރމް ސިވިލްސަރވިސްގެ www.csc.gov.mvވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.އަދި ތަކަންދޫ ޞިއްޙީމަރުކަޒުންވެސް ލިބެން ހުންނާނެއެވެ.

 

28  ރަޖަބް  1438

25  އެޕްރީލް 2017

 

25 އޭޕްރިލް 2017
ހޯދާ