ދިވެހިރާއްޖެ
ހދ. އަތޮޅުގެ މަރާމާތުކުރުމަށް މިކައުންސިލުން 28 ފެބްރުވަރީ 2017 ގައި ކުރި ނަންބަރު IUL 226-F/PRIV/2017/7 އިޢުލާން ބާޠިލްކޮށް، މި ކައުންސިލުންދޭ ބީ.އޯ.ކިއު އަދި ކޮންޓްރެކްޓް އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހދ. އަތޮޅުގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 04 މެއި 2017 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 17 މެއި 2017 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ކަމުގައި ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ.